ކައިވެންޏަކީ ދެމަފިރިއެއްގެ ދެމެދުގައި އުފެދޭ ވަރުގަދަ މުޤައްދަސް ގުޅުމެކެވެ. އިސްލާމްދީން ބާރުއަޅަނީ މި ގުޅުން ދެމެހެއްޓުމަށެވެ. ނަމަވެސް، ދިރިއުޅުމުގެ ހާލަތު މެދުވެރި ކުރުވާ ގޮތުން ދެމަފިރިންނަށް އެކުގައި އުޅެވެން ނެތް ޙާލަތެއްގައި، "ވަރި" އަކީ އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް، މިއީ އެންމެ ފަހުގެ މަރުޙަލާއެއްގެ ގޮތުގައި ނޫނީ ބޭނުންކޮށްގެންވާނެ ވަސީލަތެއް ނޫނެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރަށްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ﷲގެ ޙަޟްރަތުގައި ހުއްދަ ކުރަށްވާފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ނުރުހުންތެރިވެވޭ ކަމަކީ ވަރިއެވެ." ވަރިއަކީ ކުދިކުދި މައްސަލަތަކުގައާއި، އަންނަ ގަދަ ރުޅީގައި ނުވަތަ އުފެދޭ ކުށްހީތަކެއްގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ކަމެއް ނޫނެވެ. ވަރިއާ ހަމައަށް ދާންވާނީ ކީރިތި ޤުރުއާނުގައި މާތްﷲ އަންގަވާފައިވާ ފަދަ މަޤްބޫލު ސަބަބެއް އޮވެގެންނެވެ.
މާތްﷲ ވަޙީކުރަށްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ވަރިކުރުންވަނީ ދެފަހަރުއެވެ. ދެން އޮތީ ހެޔޮގޮތުގައި (އެބަހީ: ކައިވެނީގެ ގުޅުމުގެ ތެރޭގައި) ތިއްބުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެބަހީ: ވަރިކޮށް) ދޫކޮށްލުމެވެ." (ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގެ މާނައިން ބައެއް).
ވަރީގެ ޙުކުމްތަކަށް ބަލާއިރު، އެނގެންޖެހޭ މުހިންމު ދެ ކަމެއްވެއެވެ. ފުރަތަމަ ކަމަކީ، އެއްވަރި ނުވަތަ ދެވަރިއަކީ ރުޖޫޢަ ކުރެވޭނެ ވަރިތަކެއް ކަމެވެ. މިފަދަ ވަރިއެއް ކުރުމަށްފަހު، އަންހެނާގެ ޢިއްދައިގެ ތެރޭގައި އައު ކައިވެންޏަކާ ނުލައި ފިރިމީހާއަށް އަނބިމީހާ ރުޖޫޢަ ކުރެވޭނެއެވެ. ދެވަނަ ކަމަކީ، ތިންވަރި ހަމަވުމުން އެއީ ބައިނޫނަތުލް ކުބްރާ ނުވަތަ އެންމެ ފަހުގެ ވަރި ކަމެވެ. އެ ހިސާބުން، އެ އަންހެނާ އެހެން މީހަކާ ކައިވެނިކޮށް، އެ ކައިވެނި ޠަބީޢީ ގޮތެއްގައި ނިމުމަކަށް އައުމަށްފަހު މެނުވީ ކުރީގެ ފިރިމީހާއަށް އެ އަންހެނާއާ އަލުން ކައިވެނި ނުކުރެވޭނެއެވެ.
ވަރިކުރުމުގައި ފުރިހަމަވާންޖެހޭ ބައެއް ޝަރުޠުތައްވެއެވެ. އެގޮތުން، އަނބިމީހާ ޙައިޟުގެ ދުވަސްވަރު ވަރިކުރުމަކީ މަނާކަމެކެވެ. އަދި ވަރިކުރަންވާނީ ޙައިޟުން ތާހިރުވެ، އެ ތާހިރުކަމުގެ ތެރޭގައި ޖިންސީ ގުޅުން ހިންގާފައި ނުވާ ދުވަސްވަރެއްގައެވެ. ވަރިކުރުމަށްފަހު އަންހެނާ ޢިއްދަ ފުރިހަމަ ކުރަންޖެހެއެވެ. އެގޮތުން ޙައިޟުވާ އަންހެނެއްނަމަ ތިން ޤުރުއު (ތިން ޙައިޟު) އެވެ. ޙައިޟު ނުވާ އަންހެނެއްނަމަ ތިން މަސްދުވަހެވެ. އަދި މާބަނޑު އަންހެނެއްނަމަ ޢިއްދައަކީ ވިހެއުމެވެ. ޢިއްދައިގެ ދުވަސްވަރުގައިވެސް އަނބިމީހާއަށް ޚަރަދުދީ ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.
އިސްލާމްދީނަކީ އަންހެނުންގެ ޙައްޤުތަކަށްވެސް ފުރިހަމައަށް ރައްކާތެރިކަންދޭ ދީނެކެވެ. ފިރިމީހާގެ ފަރާތުން އަނިޔާވެރިކަމެއް ނުވަތަ އިހުމާލުވުމެއް ނުވަތަ ގެއްލުމެއް ލިބޭނަމަ، "ޚުލްޢު" (މަހަރު އަނބުރާ ދީފައި ވަރިވުން) ނުވަތަ "ފަސްޚު" (ކޯޓު މެދުވެރިކޮށް ކައިވެނި ރޫޅާލުން) މެދުވެރިކޮށް ވަކިވުމުގެ ޙައްޤު އަންހެނާއަށް ލިބިގެންވެއެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ވަރިއަކީ ނުހަނު ސީރިއަސް ކަމެކެވެ. ކުދިކުދި ކަންކަމުގައި ނުވަތަ ރުޅީގެ މައްޗަށް ބިނާކޮށް އަމިއްލަ ޢާއިލީ ދިރިއުޅުން ހަލާކުކޮށް ނުލާށެވެ. އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، ކެތްތެރިވުމާއި، ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުކުރުމަކީ ޢާއިލާ ރައްކާތެރިކޮށްދީ މާތްﷲގެ ރަޙްމަތް ލިބޭނެ ކަމެކެވެ. "ވަރި" މި ބަސް ދުލުން ބޭރުކުރުމުގެ ކުރިން ފުންކޮށް ވިސްނާށެވެ. ސަބަބަކީ ބުނެވޭ އެންމެ ބަހަކުން މުޅި ޢުމުރަށް ހިތާމަކުރަން ޖެހިދާނެތީއެވެ. އިސްލާމީ އުޞޫލުތަކަށް ތަބާވެ، އޯގާތެރިކަމާއެކު އަމިއްލަ ގެދޮރު ރައްކާތެރި ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު