އޮސްޓްރިއާގައި ވިއްކާ "ހިޕް" (HiPP) ބްރޭންޑްގެ ތުއްތު ކުދިންގެ ކާނާ ދަޅަކުން މީދާ މަރަން ބޭނުންކުރާ ޒަހަރު ފެނުމާ ގުޅިގެން، އެ ގައުމުގެ ފުލުހުން އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އޮސްޓްރިއާގެ އިރުމަތީ ބާގަންލޭންޑް ސަރަހައްދުގެ ފުލުހުން ހާމަކުރި ގޮތުގައި، ޒަހަރު ހުރިކަން ފާހަގަކުރެވުނީ ކެރެޓާއި އަލުވި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާ ދަޅަކުންނެވެ. މިކަން ފާހަގަވީ އެ ގަތް ކަސްޓަމަރަކަށެވެ. ނަސީބަކުން އެ ދަޅުގައި ހުރި ކާނާ އެއްވެސް ކުއްޖަކަށް ދީފައެއް ނުވެއެވެ.
ފުލުހުން ބުނާ ގޮތުގައި އެ ދަޅު ހުރީ ގަސްތުގައި ހަލާކުކޮށް، އޭގެ ތެރެއަށް އެއްޗެއް އަޅާފައެވެ. އަދި މިފަދަ އިތުރު ދަޅުތަކެއް ބާޒާރުގައި ހުރެދާނެ ކަމަށް ބެލެވޭތީ، އެފަދަ ދަޅުތައް ދެނެގަންނާނެ ގޮތުގެ އިރުޝާދު ފުލުހުން ވަނީ އާންމުކޮށްފައެވެ. މި ހާދިސާއަކީ ބަޔަކު ބިރުދައްކައިގެން ފައިސާ ހޯދަން ކުރާ ކަމެއްތޯ ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް، ޖަރުމަނުގެ ތަހުގީގީ އިދާރާތަކުން މިކަމުގެ އިންޒާރު ދީފައިވާ ކަމަށާއި، މިފަދަ ދަޅުތަކެއް ޗެކް ރިޕަބްލިކް އަދި ސްލޮވޭކިއާއިން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން "ހިޕް" ކުންފުނިން ވަނީ އޮސްޓްރިއާގެ "ސްޕާ" (Spar) ސުޕަމާކެޓްތަކުގައި ހުރި އެ ކުންފުނީގެ ހުރިހާ ބާވަތެއްގެ ކާނާ ދަޅުތައް ބާޒާރުން ނެގުމަށް ނިންމާފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ދަޅުތަކުގައި ހުރި އެއްޗެއް ކެއުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ.
ޖަރުމަނުގެ މި ކުންފުނިން ބުނި ގޮތުގައި، މިއީ އުފެއްދުމުގެ ފެންވަރު ދަށްވެގެން ދިމާވި ކަމެއް ނޫން ކަމަށާއި، ކުންފުނީގެ ފެކްޓްރީން ދަޅުތައް ނެރުނުއިރު ހުރީ އެންމެ ރަނގަޅު ހާލަތުގައި ކަމަށެވެ. މިއީ ބަޔަކު ގަސްތުގައި ހިންގާފައިވާ ޖިނާއީ އަމަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ޒަހަރު ހުރި ކަމަށް ޝައްކުކުރެވޭ ދަޅުތަކުގެ ފުލުގައި ރަތް ކުލައިގެ ބުރުެއް ޖަހާފައިވާ ސްޓިކާއެއް ހުރެދާނެއެވެ. އަދި ދަޅުގެ މަތި ހުޅުވާފައި ނުވަތަ ހަލާކުވެފައި ހުރުމާއި، ސަލާމަތީ ސީލް ނެތުމާއި، އާދަޔާ ހިލާފު ވަހެއް ދުވުމަކީ ވެސް މިފަދަ ދަޅުތައް ދެނެގަނެވޭނެ ގޮތްތަކެވެ.
ސްޕާ ސުޕަމާކެޓުން ބުނި ގޮތުގައި، މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރިއާގެ 1،500 ފިހާރައަކުން މުދާ ނެގުމަށް ނިންމި ނިންމުމެކެވެ. އަދި އެހެން ގައުމުތަކުގެ ފިހާރަތަކަށް މީގެ އަސަރެއް ނުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްޕާ އަދި ހިޕް ކުންފުނިން އިރުޝާދު ދީފައިވަނީ އޮސްޓްރިއާގެ ސްޕާ ފިހާރަތަކުން ގަނެފައިވާ މިފަދަ ދަޅުތައް ބޭނުން ނުކުރުމަށެވެ. އަދި އެތަކެތި އަނބުރާ ރައްދުކުރުމުން ފައިސާ ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މިފަދަ ދަޅެއްގައި އަތްލެވިއްޖެ ނަމަ، ރަނގަޅަށް އަތް ދޮވުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު