މަރިޔަމް އޭނާގެ އަށް މަހުގެ ތުއްތު ދަރިފުޅު އީޝްކޮ އަށް ސިރިއަލް ކާންދެނީއެވެ. ކުއްލިއަކަށް އީޝްކޮ އޭނާގެ މަންމަގެ އަތުން ސަމުސާ އަތުލައިގެން އަމިއްލައަށް ކާން މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަ މަރިޔަމް އުޅުނީ އެ ސަމުސާ އަތުލާށެވެ. ނަމަވެސް، ދަރިފުޅު އަމިއްލައަށް ކުރާ ކަމެއް ބަލައިލުމުގެ ބޭނުމުގައި އޭނާ މަޑުކޮށްލިއެވެ. އީޝްކޮ އަމިއްލައަށް ކާން ކުރި މަސައްކަތް ވަރަށް ލަހެވެ. އަދި މުޅި ތަން ހަޑިވެ، ގަޔަށްވެސް ކާނާ އެޅުނެވެ. އެކަމަކު، އޭނާގެ އަނގައަށް މަދު ސަމުސަލެއްގެ ސިރިއަލް އެޅުނެވެ. އީޝްކޮ އަމިއްލައަށް ކާން ކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ޝާމިލުވެ، އުފާވެފައިވާކަން މަރިޔަމްއަށް ފާހަގަކުރެވުނެވެ. ހަމައެއާއެކު، އޭނާގެ ބަނޑުފުރޭ ވަރަށް ކާއެއްޗެހި އަނގައަށް ނުދާކަންވެސް މަރިޔަމްއަށް އެނގުނެވެ. އެހެންކަމުން، މަރިޔަމް ކުރި ކަމަކީ އެހެން ސަމުސަލެއް ނަގައިގެން، އީޝްކޮގެ މަސައްކަތަށް ހުރަސްނާޅާ، އޭނާއަށް ކާންދީ ބަނޑުފުރައިދިނުމެވެ.
މަރިޔަމް އެ ކުރި ކަމަކީ ބަލާބެލުމަށް ވަރަށް އާދައިގެ ކަމެއްހެން ހީވި ނަމަވެސް، އެއީ އަމަލީ ގޮތުން ކުރަން ކެތްތެރިކަން ބޭނުންވާ ކަމެކެވެ. ކުއްޖާގެ އަމަލުތަކުން ދޭހަވަނީ ކޮން މާނައެއްތޯ ދެނެގަތުމަށްޓަކައި، މަޑުޖެހިލައި، ކުއްޖާ ކުރާ ކަންތައްތައް ފަރުވާތެރިކަމާއެކު ބަލައި ދެނެގަތުމަކީ ވަގުތު ބޭނުންވާ ކަމެކެވެ. މި ހާލަތުގައި އީޝްކޮ އެ ބުނެދެނީ، "މަންމާ، އަހަރެން އަމިއްލައަށް ސަމުސަލުން ކާން ބޭނުން! އަހަރެންނަށް އެކަން ކުރެވިދާނެ!" ކަމަށެވެ. މަރިޔަމްއަށް ޖެހުނީ ކުއްޖާގެ އެ ބޭނުމަށް އިޖާބަދީ، ތަން ހަޑިވިޔަސް އެކަމަށް ކެތްތެރިވާށެވެ. އަދި ހަމައެއާއެކު، ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ކާނާއާއި، އާ ކަމެއް ދަސްކުރުމަށް ކުއްޖާގެ ސިކުނޑިއަށް ބޭނުންވާ ފުރުސަތު ހޯދައިދޭނެ ފުރިހަމަ ގޮތެއް މަރިޔަމް ދެނެގަތެވެ.
ތިޔަބޭފުޅުން ދަރިފުޅު ކުރާ ކަންތައްތައް ކިހާ ވަރަކަށް ބަލަންހެއްޔެވެ؟ މިއީ ހީވާގޮތުން ވަރަށް އާދައިގެ ސުވާލެކެވެ. ގިނަ ބެލެނިވެރިން ބުނާނީ، "އަހަރެން އަބަދުވެސް ދަރިފުޅަށް ބަލަމޭ" އެވެ. ނަމަވެސް، ގިނަ ފަހަރަށް އަޅުގަނޑުމެން ކުދިންނާއެކު ވަގުތު ހޭދަކުރާއިރު، އެކުދިންގެ އަމަލުތަކަށް އެންމެ ފުންކޮށް ބަލައެއް ނުލެވެއެވެ. ކުއްޖެއްގެ އުމުރުން ފުރަތަމަ ތިން އަހަރުގެ ތެރޭގައި އެކުއްޖާގެ މުސްތަޤުބަލަށް ބޭނުންވާ ވަރުގަދަ ބިންގަލެއް އެޅުމަށް ބައިނަލްއަގުވާގޮތުން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޒީރޯ ޓޫ ތްރީ" ބުނާގޮތުގައި ބަލައި ދެނެގަތުމަކީ' ހަމައެކަނި ފެނުމެއް ނޫނެވެ. އެއީ ކުއްޖާ ކުރާ ކަންތައްތަކަށް ސަމާލުވުމާއި، ކުއްޖާ ބުނާ އެއްޗެއް އަޑުއެހުމާއި، ކަންކަމުގައި ކުއްޖާގެ އަމިއްލަ މިޒާޖު ހުންނަ ގޮތް ފާހަގަކުރުމެވެ. މިސާލަކަށް، އެއީ ކަމެއް ފެށުމާއެކު އެކަމެއްގައި ޖޯޝާއެކު ބައިވެރިވާ ކުއްޖެއްތޯ ނުވަތަ މަޑުމަޑުން ބަލަން ހުރެފައި ބައިވެރިވާ ކުއްޖެއްތޯ؟ ކަމެއް ދިމާވުމުން ވަގުތުން އެކަމުގެ އިހުސާސްތައް ބޭރުކޮށްލާ ކުއްޖެއްތޯ ނުވަތަ ވަރަށް ހަމަޖެހިގެން ހުންނަ ކުއްޖެއްތޯ ދެނެގަތުމެވެ.
ކުދިން ކުރާ ކަންތައްތައް ބަލައި ދެނެގަތުމަށް ވަގުތު ހުސްކުރުމުން، އެކުދިންގެ މިޒާޖާއި ބޭނުންތަކާ ގުޅޭގޮތުން ވަރަށް އަގުހުރި މައުލޫމާތުތަކެއް ލިބެއެވެ. މިއީ އެކުދިން ވަކި ގޮތަކަށް އަމަލުކުރާ ސަބަބު ދެނެގަތުމަށް ބެލެނިވެރިންނަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. މީގެ ސަބަބުން، ބެލެނިވެރިންނަށް ކުއްޖާގެ ކުރިއެރުމަށް އެންމެ ފައިދާހުރި ގޮތުގައި އިޖާބަ ދިނުމަށް ފަސޭހަވެގެންދެއެވެ. ކުދިންގެ ބޭނުންތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ގޮތެއްގައި އަޅާލުންދޭކަން އެކުދިންނަށް އިހުސާސްވުމުން، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ހަރުދަނާ ޝަހުސިއްޔަތެއް ބިނާކުރުމަށް މަގުފަހިވެއެވެ. މިއީ ދަރިފުޅުގެ ކުރިމަގު ބައްޓަންކުރުމުގައި ބެލެނިވެރިންނަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.
ކުދިންގެ ކިބައިގައި އިތުބާރާއި، ހަމްދަރުދީއާއި، އޯގާތެރިކަމުގެ އިތުރުން ރަނގަޅާއި ނުބައި ވަކިކުރުމުގެ ސިފަ އަށަގަންނުވައި ތަރައްޤީކުރުމަށްޓަކައި، ބެލެނިވެރިންނާ ދެމެދު އޮންނަ ގާތް އަދި އޯގާތެރި ގުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިއީ ހަމައެކަނި އަޅާލުމެއް ނޫނެވެ. މިއީ ކުއްޖާގެ މުޅި އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލެވެ. ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަކީ، އެކުދިންގެ އިހުސާސްތައް ދެނެގަނެ، އެކަންކަން މެނޭޖުކުރަން ދަސްކުރުމާއި، އެހެން މީހުންނާ އެކު ރައްކާތެރި ގުޅުންތަކެއް ގާއިމުކުރުމެވެ. ހަމައެއާއެކު، އައު ކަންކަން ހޯދައި ބަލައި ދަސްކުރުމުގެ ޝައުޤުވެރިކަން އެކުދިންގެ ކިބައިގައި އުފެދެނީވެސް މިފަދަ ހަރުދަނާ ގުޅުމެއްގެ ތެރެއިންނެވެ.
ތުއްތުކުދިންނަށް ދުނިޔެއަކީ ކޮބައިކަމާއި، އެ ދުނިޔޭގައި އެކުދިންގެ ދައުރަކީ ކޮބައިކަން ދަސްވަނީ އެކުދިންނާ ގާތް މީހުން ބަހައްޓާ ގުޅުމުގެ ތެރެއިންނެވެ. މިފަދަ އޯގާތެރި ގުޅުންތަކުގެ ސަބަބުން ކުދިންނަށް ބޭނުންވާ ލޯތްބާއި، ރައްކާތެރިކަމުގެ އިތުރުން ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެންދެއެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަމުން ކުއްޖާ ސަލާމަތްކޮށްދޭ "އައްޑަނައަކަށް" ވެސް މި ގުޅުންތައް ވެގެންދެއެވެ. އެހެން މީހުންނާ އެކު އުފާވެރި ގުޅުންތަކެއް ބޭއްވުމާއި، އެކުގައި ކުޅުމާއި، މުއާމަލާތްކޮށް އައު ކަންކަން ދަސްކުރުމުގެ ހުނަރު ބިނާވަނީ ބެލެނިވެރިޔާ ދޭ ސަމާލުކަމުގެ މައްޗަށެވެ. އަނެކުންނަށް އިތުބާރުކުރުމާއި، ހަމްދަރުދީވުން ފަދަ މަތިވެރި ސިފަތައް ކުއްޖާގެ ކިބައިގައި ހަރުލަނީ، ބެލެނިވެރިންގެ ފަރާތުން އެފަދަ އަޅާލުމާއި ލޯބި އެކުދިންނަށް އިހުސާސްވާ މިންވަރަކުންނެވެ.
މީގެ އިތުރުން، ކުއްޖާގެ އަމަލުތަކަށް ދޭ ސަމާލުކަމުގެ ސަބަބުން ބެލެނިވެރިޔާއާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ. ދަރިފުޅު އާ ކަމެއް ދަސްކުރަން އުޅޭ ވަގުތު، މަރިޔަމް ފަދައިން ކެތްތެރިކަމާއެކު އެ ފުރުސަތު ދިނުމުން، ދަރިފުޅަށް ކުރެވޭ އިހުސާސަކީ އޭނާގެ މަސައްކަތް ބަލައިގަންނަ ކަމުގެ އިހުސާސެވެ. މިއީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަމެކެވެ. ކުދިން ބޮޑުވަމުން އަންނައިރު، އެކުދިންގެ ކުދިކުދި ކާމިޔާބީތަކުގައި ބެލެނިވެރިން ބައިވެރިވެ، ހިތްވަރުދިނުމަކީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެކުދިންނަށް ލިބޭ ބާރެކެވެ.
އަޅުގަނޑުމެންގެ ބިޒީ ދިރިއުޅުމުގެ ތެރެއިން ދަރިފުޅަށް މިފަދަ "ކޮލިޓީ" ވަގުތުކޮޅެއް ހުސްކޮށްލުމަކީ ކުރިމަގަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން ބައިގަޑިއިރު، ފޯނާއި އެހެނިހެން ކަންކަމާ ދުރުވެ، ހަމައެކަނި ދަރިފުޅުގެ ހަރަކާތްތަކަށް ބަލައިލުމަށް ހާއްސަކުރާށެވެ. އެކުދިން ކުޅޭގޮތާއި، އައު ކަންކަން ހޯދައި ބަލާގޮތް ދެނެގަތުމަށް މަސައްކަތް ކުރާށެވެ. މިފަދަ ކުދިކުދި ކަންކަމުން ދަރިފުޅުގެ ހުނަރުތައް ތަރައްގީވެ، މުޖުތަމައަށް ފައިދާހުރި، އަމިއްލަ ފަޔަށް ތެދުވާނެ ހަރުދަނާ ދަރިއަކަށް ހެދުމަށް ބެލެނިވެރިންނަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު