ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ) ގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފެބްރުއަރީ 2025 ގައި ސީޖޭއޭގެ މަގާމަށް އައްޔަންކުރެއްވި އަމްޖަދު، މަގާމާ ހަވާލުވެވަޑައިގެންނެވިތާ އަހަރަކާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސާފުވެފައެއް ނުވެއެވެ. އަމްޖަދު މި މަގާމަށް އައްޔަން ކުރެވުނީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ސެޕްޓެމްބަރު 2024 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އަމްޖަދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައެވެ.
އަމްޖަދު މިއަދު އިސްތިއުފާ ދެއްވިއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މިހާރު އޮތް ނިޒާމުގެ ސަބަބުން ކޯޓުތަކުގެ އިދާރީ އިސްވެރިންގެ ބާރު ގަދަވެ، ޖުޑީޝަރީގެ މަސައްކަތްތަކަށް ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.
"ޖުޑީޝަލް ކައުންސިލް ރީއިންސްޓޭޓްކުރެވޭނެ ކަހަލަ ގޮތަކަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. ޑީޖޭއޭ އަކީ އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ބަދަލުވެ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ވެސް ޖަވާބުދާރީވާން ޖެހޭނީ އެ ފަރާތްތަކަށް ކަމަށް ބަދަލުކުރުމަކީ ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ހެޔޮ ބަދަލެއް." ރައީސް ވިދާޅުވިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޑީޖޭއޭ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޓުތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންނާއި، ވަސީލަތްތަކާއި ބަޖެޓުގެ ކަންކަން ބެލެހެއްޓުމެވެ. އަދި ޖޭއެސްސީން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކޮށް، ފަނޑިޔާރުންނަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް އެ މަގާމުގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު