މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއާ ގުޅިގެން، ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ 2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަސާސެއް ނެތް ތުހުމަތުތަކާއި ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
މިފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ ހިތްދަތިކަމެއްގެ އިތުރުން، ފުލުހުންގެ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
މި ހާދިސާ ހިނގާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެ ތަނުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ ކުއްޖާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން މިހާރު ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. އެހެންކަމުން، ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު