މޯލްޑިވިސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ކަންތައްތަކެއްގެ މައުލޫމާތު ލިބުމުންވެސް، އެކަމާ ގުޅޭގޮތުން ފިޔަވަޅު ނާޅުއްވާތީ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.
މަލީހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއޭސީއެލްއިން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ގިނަ ބަޔަކަށް މުސާރަ ދިނުމަށް މަހަކު 2.4 މިލިއަން ރުފިޔާ ހޭދަކުރަމުންދިޔަ ކަން ރައީސަށް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، މިހާރު އެކަން އެނގިވަޑައިގަތުމަށްފަހުވެސް ހަނު ހުންނަވަނީ ކީއްވެގެންތޯއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، އެއްވެސް މަސައްކަތެއް ކުރުމެއް ނެތި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށް މަލީހް ތުހުމަތު ކުރައްވައެވެ.
މަލީހް އިތުރަށް ސުވާލު އުފެއްދެވީ، ދައުލަތުގެ ކުންފުނިތަކުން މިފަދަ ބޮޑެތި އިސްރާފުތަކާއި ނުކިއްސަރު ކަންކަން ފެންމަތިވަމުންދާއިރު، އެކަންކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު ނާޅަނީ ކޮން ސަބަބަކާ ހުރެތޯއެވެ.
މި މައްސަލައަކީ އެމްއޭސީއެލްގެ ހިންގުމުގެ ތެރޭގައި ހިންގާފައިވާ ބޮޑު "ޖަރީމާއެއް" ގެ ގޮތުގައި މަލީހް ވަނީ ސިފަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު