ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން ދެވަނަ ދަރިއަކަށް ބަނޑުބޮޑުވުމާ ގުޅިގެން، އޭނާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ރާކާ" އިން އޭނާގެ ރޯލު ކުޑަކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ފިލްމުގެ އުފެއްދުންތެރިން ރަސްމީކޮށް ދޮގުކޮށްފިއެވެ.
ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށެވެ. މި އުފާވެރި ޚަބަރާ އެކު ސަޕޯޓަރުން އުފާ ފާޅުކުރި ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ދީޕިކާ ބަނޑުބޮޑުވުމުގެ ސަބަބުން އޭނާގެ ކުރިއަށް ހުރި ފިލްމުތައް ކަމަށްވާ "ރާކާ" އަދި "ކިންގް" ގެ މަސައްކަތްތަކަށް ބަދަލު އަތުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަކިން ހާއްސަކޮށް، އައްލޫ އަރުޖުންއާ އެކު އޭނާ ފެންނަ "ރާކާ" އިން ދީޕިކާގެ މަންޒަރުތައް މަދުކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
މިކަމާ ގުޅޭގޮތުން "ދަ ޓައިމްސް އޮފް އިންޑިއާ" އަށް މައުލޫމާތު ދެމުން ފިލްމުގެ އުފެއްދުންތެރިން ބުނެފައިވަނީ، ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ. "ރާކާގައި ދީޕިކާ ކުޅެނީ ވަރަށް މުހިންމު ރޯލެއް. ފިލްމުގެ ޝޫޓިންގް ސެޓުގައި ވަރަށް ފޯރިއާއެކު އެއްވެސް ދަތިކަމެއް ނެތި ކުރިއަށް އެބަދޭ،" ފިލްމުގެ ޓީމުން ބުނެފައިވެއެވެ. އަދި ދީޕިކާގެ ރޯލު ކުޑަކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ގަބޫލުނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަނޑުބޮޑު ދުވަސްވަރު ވެސް ދީޕިކާ އަންނަނީ "ރާކާ" ގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝޫޓްކުރަމުންނެވެ. މަޝްހޫރު ޑައިރެކްޓަރު އެޓްލީ އުފައްދާ މި ފިލްމަކީ ދީޕިކާ އާއި އައްލޫ އަރުޖުން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
މީގެ އިތުރުން، ޝާހްރުކް ޚާން ލީޑް ރޯލުން ފެންނަ "ކިންގް" ގައި ވެސް ދީޕިކާ ބައިވެރިވާނެއެވެ. މި ފިލްމުގައި ސުހާނާ ޚާން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން، އަރުޝަދު ވަރްސީ އަދި މަނޯޖް ޕަހްވާ ފަދަ ތަރިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު