މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެކޮމޮޑޭޝަން ބްލޮކް، މަޖްދުއްދީން ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ ދަރިވަރަކު އަމިއްލައަށް މަރުވުމުގެ ކުރިން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޔުނިޓާ މުއާމަލާތްތަކެއް ކޮށްފައިވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، އެ ދަރިވަރު ނިޔާވުމުގެ ކުރިން ފުލުހުންނަށް ހަތް ފަހަރެއްގެ މަތިން މެސެޖުކޮށްފައިވާ ކަމަށާއި، ފުލުހުންގެ ފަރާތުން ވެސް އެ ކުއްޖާއަށް ދެ ފަހަރަކު ޖަވާބު ދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ރޭގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ދަރިވަރު އެންމެ ފުރަތަމަ ފުލުހުންނަށް މެސެޖުކުރީ އެރޭ 20:40 ހާއިރު ކަމަށެވެ. އެ މެސެޖުގައި އުންމީދު ކަނޑާލަން ގާތްވެފައިވާ ކަމަށް ބުނުމުން، ފުލުހުން ވަނީ އެކަން ހިއްސާކުރަން ބޭނުންތޯ އަހައި ޖަވާބު ދީފައެވެ.
ނަމަވެސް އޭގެ ފަހުން އެ ދަރިވަރު ވަނީ މީހަކަށް ނުގުޅުމަށާއި، ތިމަންނާ ރަނގަޅު ކަމަށް ބުނެ މެސެޖުތަކެއް ކޮށްފައެވެ. އަދި ދަންވަރު 00:38 ހާއިރު "އައި އެމް ގޯން" ޖަހާފައި ފޮނުވި މެސެޖަށް ފަހު، އެ ދަރިވަރުގެ ނަންބަރު ވަނީ އޮފްލައިން ވެފައެވެ.
ފުލުހުންނަށް މި މައުލޫމާތު ލިބުމާއެކު، އެ ދަރިވަރުގެ އާއިލާއަށް ގުޅައި ހާލަތު އޮޅުންފިލުވުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ދަރިވަރުގެ ބޭބެއަށް ގުޅުމުން، އޭނާއަށް ވެސް ކަންބޮޑުވާ ފަދަ މެސެޖެއް ލިބިފައިވާކަން އެނގުނެވެ. މިކަމާ ގުޅިގެން ލަސްނުކޮށް ފުލުހުންގެ ޓީމެއް ދަނާލަށް ގޮސް، އެ ކުއްޖާ އުޅޭ ކޮޓަރި ހޯދުމުގެ މަސައްކަތް ފެށިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، ފުލުހުންނަށް ދަރިވަރު އުޅޭ ކޮޓަރި ދެނެގަނެވުނީ ދަންވަރު 01:32 ހާއިރު ކަމަށެވެ. އެ ވަގުތު ކޮޓަރީގެ ބޮކިތައް ނިއްވާލާފައި ހުރުމުން، ފުލުހުން ކޮޓަރިއަށް ވަނީ ފެންލައިޓުން ބަލައި ހާދިސާ ހިނގާފައިވާކަން ކަށަވަރު ކުރުމަށްފަހުގައެވެ.
މި ހިތާމަވެރި ހާދިސާގެ ތަފްސީލް ހާމަކުރެއްވީ، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އާންމުން ސުވާލު އުފައްދަމުންދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު