ރާއްޖެއިން ބޭސް ލިބުމަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކާ ގުޅިގެން، ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ އެދިވަޑައިގެންފައިވަނީ، ބޭސް އެތެރެކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ސަރުކާރުގެ ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އިތުރުން އަސާސީ ބޭސްތަކުގެ ލިސްޓު މުރާޖައާކުރާ ކޮމިޓީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.
މި ހުށަހެޅުން ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، އޭޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސޯޑާ (އޭޑީއެޗްޑީ) ތަހައްމަލުކުރަމުންދާ ކުދިންނަށް ދެވޭ އެންމެ މުހިންމު ފަރުވާ ކަމުގައިވާ "މެތައިލްފެނިޑޭޓް" ރާއްޖެއިން ފަސޭހައިން ނުލިބޭތީ އާންމުން ކުރަމުންދާ ޝަކުވާތަކެވެ. މި ބޭހަކީ އެފަދަ ކުދިންގެ އާންމު ދިރިއުޅުމަށާއި ކިޔެވުމަށް ކޮންމެހެން ބޭނުންވާ އަސާސީ ބޭހަކަށްވާއިރު، ބޭސް ނުލިބުމުގެ ސަބަބުން ކުދިންގެ ހާލަތު ގޯސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކުގައި ވެސް ބައިނަލްއަގުވާމީ އުޞޫލުތަކާ އެއްގޮތަށް މި ބައްޔަށް ދެވޭ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި މެތައިލްފެނިޑޭޓް ދަނީ ފޯރުކޮށްދެމުން. ރާއްޖެއިން މި ފަރުވާ ނުލިބުމުގެ ސަބަބުން ގިނަ ކުދިންތަކެއް މި ބޭސް ހޯދުމަށް އަވައްޓެރި ޤައުމުތަކަށް ދާންޖެހުމަކީ އެފަދަ އާއިލާތަކަށް ލިބޭ ނިކަމެތިކަމެއް،" ކުޑޫގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އާ ކުންފުންޏެއް އުފައްދައި، އެކި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވީ ނަމަވެސް، އާންމުންގެ މި ކަންބޮޑުވުންތަކަށް އަދިވެސް އަމަލީ ހައްލެއް ލިބިފައި ނުވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މިއީ މި މައްސަލަ މެންބަރު ކުޑޫ މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ވެސް އޭނާ ވަނީ މި މައްސަލަ ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ފަހަރު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު