ގުޅުމެއްގެ ތެރޭގައި ހިނގާ ނަފްސާނީ އަނިޔާއަކީ ހަމައެކަނި އަޑުގަދަކޮށް ހަޅޭއްލެވުން ނުވަތަ ޖިސްމާނީ އަނިޔާ ކުރުމެއް ނޫނެވެ.
ފިލްމުތަކާއި ޑްރާމާތަކުން އާންމުކޮށް ފެންނަނީ އަނިޔާވެރި ގުޅުންތަކުގައި ޖިސްމާނީ ގޮތުން ތަޅާފޮޅުމާއި، ހަޅޭއްލެވުމާއި ނުވަތަ ހުތުރު ބަހުން މުއާމަލާތްކުރާ މަންޒަރެވެ. މިއީ ޝައްކެއްވެސް ނެތްގޮތުގައި ނުރައްކާތެރި ނިޝާންތަކެކެވެ. ނަމަވެސް، ހުރިހާ ނުރައްކާތެރި ނިޝާންތަކަކީ ލޮލަށް ފެންނަން ހުންނަ ސާފު ކަންތައްތަކެއް ނޫނެވެ. ހާއްސަކޮށް ނަފްސާނީ ގޮތުން ދޭ އަނިޔާތައް ދެނެގަތުމަކީ ދަތި ކަމެކެވެ. މާބޮޑަށް ލޯބި ދީގެން އޮޅުވާލުމާއި (love bombing) ނުވަތަ މަޑުމަޑުން ފާޑުކިޔައިގެން މީހާގެ ނަފްސީ އިތުބާރު ކަނޑުވާލުން ފަދަ ކަންކަމަކީ ބައެއް ފަހަރު ދެނެގަންނަން އުނދަގޫ، އެހެނަސް ނުރައްކާތެރި ކަންކަމެވެ.
ނަފްސާނީ އަނިޔާ ނުވަތަ 'އިމޯޝަނަލް އެބިއުޒް' އަށް ވަކި ހަރުކަށި މާނައެއް ކަނޑައެޅިފައި ނެތް ނަމަވެސް، 'ނޭޝަނަލް ޑޮމެސްޓިކް ވަޔަލަންސް ހޮޓްލައިން' އިން ބުނާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ މީހަކު ކޮންޓްރޯލް ކުރުމަށާއި، އެކަހެރި ކުރުމަށާއި ނުވަތަ ބިރުގެންނެވުމަށް ކުރާ ޖިސްމާނީ ނޫން ކޮންމެ އަމަލެކެވެ. މީގެ ތެރޭގައި ބިރުދެއްކުމާއި މީހުންގެ ކުރިމަތީގައި ލަދުގަންނުވާލުން ހިމެނެއެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މީގެ މާނައިގެ ތެރެއަށް "މީހާގެ އަމިއްލަ ނަފްސަށް އޮންނަ ގަދަރާއި އިތުބާރު ކަނޑުވާލުން" ވެސް އިތުރުކުރެއެވެ. ތަޖުރިބާކާރުން އެއްބަސްވާ ގޮތުގައި މިއީ ވަރަށް ސީރިއަސް އަދި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ނަފްސާނީ ބަލިތަކުގެ ޑޮކްޓަރެއް ކަމަށްވާ މިންޑީ މެކޭނިކް ވިދާޅުވަނީ، މިފަދަ އަމަލުތަކުގެ ސަބަބުން އިންސާނެއްގެ ހައިސިއްޔަތުން އަމިއްލަ ނަފްސަށް އޮންނަ އަގު މަޑުމަޑުން ވެއްޓެމުންދާ ކަމަށެވެ. ބައެއް ފަހަރު މިއީ ތިމާއަށް ނޭނގި ހިނގާ ކަމަކަށް ވެސް ވެދާނެއެވެ. މިސާލަކަށް، ބައިވެރިޔާ މާބޮޑަށް ހަސަދަވެރިވެ ކޮންޓްރޯލް ކުރަން އުޅޭކަން ބައެއް ފަހަރު ސާފުކޮށް އެނގެން އޮވެއެވެ. ނަމަވެސް، އަނެއްބައި ފަހަރު މިއީ ވަރަށް އޯގާތެރި ބަސްތަކެއްގެ ފުރަގަހުގައި ފޮރުވިފައިވާ ކަމެކެވެ. "ތި ރައްޓެހިންނަކީ ކަލެއަށް ރަނގަޅު ބައެއް ނޫން، އަހަރެން މި އުޅެނީ ކަލޭ ސަލާމަތް ކުރަން،" ފަދަ ބަސްތަކަކީ މީގެ މިސާލެކެވެ.
އަމިއްލަ ގުޅުމެއް ނުވަތަ ގާތް މީހެއްގެ ގުޅުން މިފަދަ އަނިޔާވެރި ދިމާލަކަށް ދަނީކަން ދެނެގަތުމަކީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް ގޯސް އަމަލުތަކަކީ "އާދައިގެ" ކަންކަން ކަމަށް ގަބޫލުކުރެވިފައިވާ ނަމަ އެވެ. ތިރީގައި މިވަނީ ތަޖުރިބާކާރުން ފާހަގަކުރާ ބައެއް ނިޝާންތަކެވެ.
1. ތިބާ ކުރާ ކަންކަމާއި، ބުނާ ބަހާއި ނުވަތަ ލާ ހެދުން ކޮންޓްރޯލް ކުރަން އުޅުން
ނަފްސާނީ އަނިޔާގެ އެންމެ ބޮޑު އެއް ސިފައަކީ 'ކޮއާސިވް ކޮންޓްރޯލް' އެވެ. މިއީ ޖިސްމާނީ ބާރުގެ ބަދަލުގައި ނަފްސާނީ ގޮތުން ބިރުދައްކައިގެން މީހާ އަޅުވެތި ކުރުމެވެ. ތިބާގެ ފައިސާ ބޭނުންކުރާ ގޮތް ބެލުމާއި، ހެދުން އަޅާ ގޮތަށް މެދުނުކެނޑި ފާޑުކިޔުމަކީ މީގެ ސާފު މިސާލުތަކެވެ. މީގެ އިތުރުން، ބޭނުންވާ ގޮތަށް ކަމެއް ނުކުރުމުން ވާހަކަ ނުދައްކާ ހުރުން (silent treatment) ނުވަތަ ލޯބީގެ ނަމުގައި ހުރިހާ ކަމެއްގެ ތަފްސީލު ހޯދަން ބާރުއެޅުމަކީ ވެސް ކޮންޓްރޯލް ކުރުމުގެ އަމަލުތަކެވެ.
2. ތިބާ ކަނޑައަޅާ އިންތަކަށް (Boundaries) އިހުތިރާމް ނުކުރުން
ކޮންމެ މީހަކަށް ވެސް އަމިއްލަ މިނިވަންކަމާއި ހިތްހަމަޖެހުމަށްޓަކައި ވަކި އިންތަކެއް ހުރެއެވެ. މިސާލަކަށް، ހަފްތާ ބަންދުގައި އަމިއްލަ ވަގުތު ބޭނުންވުން ނުވަތަ ފޯނުގެ ޕާސްވޯޑް ހިއްސާކުރަން ބޭނުން ނުވުން ފަދަ ކަންކަމެވެ. ބައިވެރިޔާގެ ހުއްދަ ނެތި ފޯނު ބެލުމާއި، ހިތްހަމަނުޖެހޭ ގޮތަށް އަތްލުން ފަދަ ކަންކަމަކީ އިން ފަހަނައަޅައި ދިއުމެވެ. އަދި ތިބާ ތައްޔާރު ނޫން ކަމަށް ބުނުމުން ވެސް ކަންކަމަށް މަޖުބޫރު ކުރުމަކީ ތިބާގެ މިނިވަންކަމަށް އަރައިގަތުމެވެ.
3. ބައިވެރިޔާއާ ނުލައި ވަގުތު ހޭދަކުރުމުން ކުށްވެރިކުރުވުން (Guilt-trip)
އަނިޔާވެރި ބައިވެރިން ގިނަ ފަހަރަށް މަސައްކަތް ކުރާނީ ތިބާގެ އަމިއްލަ މިނިވަންކަމެއް އޮންނާތީ އެއީ ކުށެއް ކަމަށް ދެއްކުމަށެވެ. މިސާލަކަށް، ރައްޓެހިންނާއެކު ބޭރަށް ގޮސްލުމުން "ކަލޭ އަހަރެން އެކަނި ބާއްވާފައި ދިޔައީތީ ލަދުގަންނަން ޖެހޭނެ" ކަމަށް ބުނުމަކީ ތިބާގެ ހިތުގައި ކުށްވެރިކަމުގެ އިހުސާސް އުފައްދައިގެން ތިބާ ކޮންޓްރޯލް ކުރުމެވެ. މީގެ ބޭނުމަކީ ބައިވެރިޔާ ދެރަވަނީ ނުވަތަ ރުޅިއަންނަނީ ތިބާގެ ސަބަބުން ކަމަށް ގަބޫލުކުރުވައި، އޭނާ ބޭނުންވާ ގޮތަށް ކަންކަން ކުރުވުމެވެ.
4. ތިބާ އިތުބާރާއެކު ހިއްސާކުރި އަމިއްލަ ސިއްރުތައް ތިބާއާ ދެކޮޅަށް ބޭނުންކުރުން
ލޯބިވާ ބައިވެރިޔާއަކީ ތިބާގެ އެންމެ ނާޒުކު ސިއްރުތައް އެނގޭނެ މީހާއެވެ. ރަނގަޅު ބައިވެރިއަކު އެ ސިއްރުތައް ރައްކާތެރި ކުރާނެއެވެ. ނަމަވެސް، އަނިޔާވެރި ބައިވެރިއަކު މައްސަލައެއް ޖެހޭ ވަގުތު އެ ސިއްރުތައް ބޭނުންކޮށްގެން ތިބާގެ ހިތުގައި ޖައްސާނެއެވެ. މިސާލަކަށް، ކުރީގެ ގުޅުމެއްގައި ދިމާވި ހިތްދަތި ކަމެއްގެ ވާހަކަ ބުނެފައި އޮތް ނަމަ، "މިހެންވީމާ އެމީހުން ކަލޭ ދޫކޮށްލީ" ކަމަށް ބުނެ ހަމަލާދިނުމަކީ ނަފްސާނީ އަނިޔާއެކެވެ.
5. "ސަމާސާ" އެއްގެ ނަމުގައި ދަށްކޮށްލުމާއި މަލާމާތްކުރުން
މިއީ ރައްޓެހި ދެމީހުންގެ ދެމެދުގައި ހިނގާ އާދައިގެ ސަމާސާއެއް ނޫނެވެ. މިއީ ތިބާ ލަދުގަންނުވާލުމަށާއި ދަށްކޮށްލުމަށް ބޭނުންކުރާ ހުތުރު ބަސްތަކާއި މަލާމާތެވެ. ތިބާ އެކަމާ ދެރަވާކަން ބުނުމުން "އެއީ ހަމަ ސަމާސާއެކޭ" ބުނެ އެކަން ފޮރުވަން އުޅުމަކީ އެކަމުގެ ނުރައްކާތެރިކަން ކުޑަވާ ކަމެއް ނޫނެވެ.
6. މައްސަލައެއް ޖެހުމުން ރުޅިއައުން ނުވަތަ ކުށްވެރިޔަކީ ތިބާ ކަމަށް ހެދުން
ބައިވެރިޔާގެ އަމަލަކުން ތިބާއަށް ދެރައެއް ލިބިގެން އެވާހަކަ ބުނުމުން އޭނާ ކަންތައް ކުރާ ގޮތަކީ ވަރަށް މުހިންމު ނިޝާނެކެވެ. އޯގާތެރި ބައިވެރިއަކު ތިބާގެ އިހުސާސްތައް އަޑުއަހާނެއެވެ. ނަމަވެސް، އަނިޔާވެރި މީހަކު ވަގުތުން ރުޅިގަދަވެ، އެއީ ތިބާގެ މައްސަލައެއް ކަމަށް ބުނެ މައުލޫއު ބަދަލުކޮށްލާނެއެވެ. ބައިވެރިޔާ ރުޅިއަތުވެދާނެތީ ނުވަތަ އަދަބެއް ދީފާނެތީ ބިރުން ކަންކަން ސިއްރުކުރަން ޖެހޭ ނަމަ، އެއީ ތިބާގެ ސަލާމަތްތެރިކަން ނެތްކަމުގެ ނިޝާނެކެވެ.
7. ބިރުދެއްކުމާއި އިންޒާރު ދިނުން (Ultimatums)
ބައެއް ފަހަރު މި ބިރުދެއްކުމަކީ ސީދާ ބަހުން ބުނާ އެއްޗެކެވެ. މިސާލަކަށް "ފޯނު ނުދައްކައިފިއްޔާ ވަރިވާނަން" ފަދަ ބަސްތަކެވެ. އަނެއްބައި ފަހަރު މިއީ ތިބާ ކުރާ ކަމަކާ ހިތްހަމަނުޖެހިގެން ބަލާ ބެލުމަކުން ދޭ އިޝާރާތަކަށް ވެސް ވެދާނެއެވެ. މިފަދަ ބިރުދެއްކުމުގެ ބޭނުމަކީ ތިބާގެ ހިތުގައި ބިރުވެރިކަން އުފައްދައި، ބައިވެރިޔާ ބޭނުންވާ ގޮތަށް ތިބާގެ އުޅުން ބަދަލުކުރުވުމެވެ.
މިދެންނެވި ކަންތައްތަކަކީ ތިބާގެ ގުޅުމުން ފެންނަ ކަންކަން ކަމުގައިވާ ނަމަ، އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ހަގީގީ ލޯތްބަކީ ތިބާއަށް ރައްކާތެރިކަމާއި، ގަދަރާއި، އުފާވެރިކަން ލިބިދޭންޖެހޭ އެއްޗެކެވެ. އެއީ ތިބާ ބިރުގަންނުވާ ނުވަތަ ކުޑަކޮށްލާ އެއްޗަކަށް ވެގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު