މަޝްހޫރު ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި ހިފަހައްޓާފައިވާ ބޮލީވުޑް ބަތަލާ ރިއާ ޗަކްރަބޯޓީ އާއި އޭނާގެ ކޮއްކޮ ޝޯވިކް ޗަކްރަބޯޓީގެ ބޭންކު އެކައުންޓްތައް އަލުން ދޫކޮށްލުމަށް އިންޑިއާގެ ކޯޓަކުން އަމުރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓަންސަސް (އެން.ޑީ.ޕީ.އެސް) ކޯޓުން މި ނިންމުން ނިންމާފައިވަނީ، 2020 ވަނަ އަހަރު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެން.ސީ.ބީ) އިން އެކައުންޓްތައް ފްރީޒްކުރި އިރު ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީއެވެ. މި އެކައުންޓްތައް ހިފެހެއްޓީ ސުޝާންތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެންނެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެން.ޑީ.ޕީ.އެސް ގާނޫނުގެ 68 އެފްގެ ދަށުން، މުދަލެއް ނުވަތަ އެކައުންޓެއް ހިފަހައްޓާތާ 30 ދުވަހުގެ ތެރޭގައި ކަމާބެހޭ އިދާރާއަކުން އެކަން ކަށަވަރުކޮށް އަމުރެއް ނެރެންޖެހެއެވެ. ނަމަވެސް، މި މައްސަލައިގައި އެފަދަ އެއްވެސް އަމުރެއް ހޯދާފައި ނުވާތީ، އެކައުންޓްތައް ހިފަހައްޓާފައި އޮތުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ރިއާ އާއި އޭނާގެ ކޮއްކޮގެ ފަރާތުން ވަކީލުން ކަމަށްވާ އަޔާޒް ޚާން އަދި ޒެހްރާ ޗަރާނިއާ ކޯޓުގައި ވަކާލާތު ކުރެއްވީ، އެން.ސީ.ބީ އިން އެކައުންޓްތައް ހިފެހެއްޓީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ހުއްދަ ހޯދާފައި ނުވާތީ އެއީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ އެކައުންޓްތައް ދޫކޮށްލުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ދައުލަތުން ބުނެފައިވަނީ ރިއާ ޗަކްރަބޯޓީއަކީ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން އޮތް މީހެއް ކަމަށާއި، ތަހުގީގުގެ ބޭނުމަށް އެކައުންޓްތައް ހިފެހެއްޓުމަށް އޮފިސަރުންނަށް އެކަށީގެންވާ ސަބަބުތައް ހުރި ކަމަށެވެ. ނަމަވެސް، ކޯޓުން މި ވާހަކަތައް ބަލައިގެންފައެއް ނުވެއެވެ. ކޯޓުން ބުނީ ގާނޫނުގައި ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި އިޖުރާއަތްތައް ފުރިހަމަނުކޮށް އޮތް އޮތުމަކީ ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.
ރިއާ ޗަކްރަބޯޓީ ހައްޔަރުކުރެވުނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވުނީ ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ، އެކަމުގައި އެހީތެރިވި ކަމަށެވެ. މި މައްސަލައިގައި 28 ދުވަހު ޖަލުގައި ހުރުމަށްފަހު، ރިއާ ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

ކިޔުންތެރިންގެ ހިޔާލު