އުމުރުން 67 އަހަރުގައިވެސް ނަސީބުގައިވާ ބައިވެރިޔާ ފެނިއްޖެ ނަމަ ކައިވެނި ކުރަން ތައްޔާރަށް ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު މުކޭޝް ކަންނާ ބުނެފިއެވެ.
"ޝަކްތިމާން" ގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި އެކްޓަރަކީ މިހާތަނަށް ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫނެވެ.
"ފިލްމީ ޗާޗާ" އަށް ދިން އިންޓަވިއުއެއްގައި ލޯތްބާއި ކައިވެނީގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން މުކޭޝް ބުނީ، އޭނާއަކީ ކައިވެނީގެ ގުޅުމަށް ވަރަށް ބޮޑަށް އިތުބާރު ކުރާ މީހެއް ކަމަށެވެ. ބައެއް މީހުންނަށް ހީވަނީ ކައިވެނި ނުކޮށް ހުރުމަކީ އެ ގުޅުމަށް ގަބޫލު ނުވުން ކަމަށް ވިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މުކޭޝް ކަންނާ ގަބޫލުކުރާ ގޮތުގައި އަނބިމީހާއަކީ ނަސީބުގައި ލިޔެވިފައިވާ މީހެކެވެ. "އަނބިމީހާއަކީ ކުއްލިއަކަށް ދިމާވާ މީހެއް ނޫން. އެއީ ނަސީބުގައި ލިޔެވިފައިވާ ކަމެއް. އެކަން ވާން އޮތް ނަމަ މިހާރު އޮންނާނީ ވެފައި. އަހަރެންގެ ނަސީބުގައިވާ އަންހެން މީހާ ކޮންމެވެސް ތަނެއްގައި ހުންނާނެ. ނަސީބުން އަހަރެމެން ބައްދަލުވާ ދުވަހަކުން ކައިވެނި ކުރާނަން،" އޭނާ ބުންޏެވެ.
ވަފާތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ، ކައިވެންޏަކީ ދެ ފުރާނައެއްގެ ބައްދަލުވުމެއް ކަމަށާއި، ހަމައެކަނި އަންހެނުން ވަފާތެރިވާން ޖެހޭ ކަމަށް ދެކޭ ދެކުމަށް އޭނާ ދެކޮޅު ހަދާ ކަމަށެވެ. ފިރިހެނުން ވެސް އެމީހުންގެ އަނބިންނަށް ވަފާތެރިވާން ޖެހޭނެ ކަމަށާއި، އަނބިމީހާ ދެކެ ލޯބިވާ ކަމަށް ބުނެފައި އެހެން މީހުންނާ ގުޅުން ބޭއްވުމަކީ ހިޔާނާތެއް ކަމަށް އޭނާ ސިފަކުރިއެވެ.
"ލޯބިވަނީ ހަމައެކަނި އެއްފަހަރު. އެ ނޫން ކަންކަމަކީ ހަމައެކަނި ހިތަށް އަރާ އެދުންތަކެއް. އެކަކު ކައިރީ 'އައި ލަވް ޔޫ' ބުނެފައި އަނެކަކު ކައިރިއަށް ދިއުމަކީ ވަފާތެރިކަމެއް ނޫން،" މުކޭޝް ބުންޏެވެ.
މީގެ އިތުރުން، އިންޑިއާގެ މަޝްހޫރު ސުޕަހީރޯ "ޝަކްތިމާން" ފިލްމާ ބެހޭގޮތުން ވެސް މުކޭޝް ވަނީ ވާހަކަ ދައްކާފައެވެ. ފިލްމު އުފެއްދުން ލަސްވަމުންދާތީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެމުން އޭނާ ބުނީ، އެ ފިލްމު ކޮންމެހެން ވެސް އުފައްދާނެ ކަމަށެވެ. ނަމަވެސް، ޝަކްތިމާންގެ ރޯލަށް މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހަމަޖެއްސުމާ މެދު މުކޭޝް ވަނީ ފާޅުގައި ދެކޮޅު ހަދާފައެވެ. ރަންވީރަކީ މޮޅު އެކްޓަރެއް ކަމަށް ވިޔަސް، ޝަކްތިމާން ފަދަ ސަގާފީ އަދި އަޚްލާގީ ގޮތުން ވަރުގަދަ ކެރެކްޓަރަކަށް އޭނާ އެކަށީގެންނުވާ ކަމަށް މުކޭޝް ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު