އިއްޔެ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7،200 އަށްވުރެ މަތިވި ކަމަށް ބުނާ ތަފާސްހިސާބުތަކުގެ ސައްހަކަމާ މެދު އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ސުވާލު އުފައްދަވައިފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ ރިޕޯޓުތަކުން ފެންނަ ގޮތުގައި އިއްޔެ ރާއްޖެއަށް 7،200 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށާއި، ނަމަވެސް އެއީ ސައްހަ އަދަދެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.
މިކަމުގެ ސަބަބު ބަޔާންކުރައްވަމުން ފިރާގް ވިދާޅުވީ އެ އަދަދަށް ފަތުރުވެރިން ރާއްޖެއަށް އަންނަނަމަ، މަދުވެގެން 20 ބޮޑެތި ބޯޓު (ވައިޑް-ބޮޑީ އެއާކްރާފްޓް) ފުރިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ އަދަދަކީ ހަގީގަތާ އެއްގޮތް އަދަދެއް ކަމަށް ނުބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ފިރާގު ވިދާޅުވީ، ގައުމީ ފެންވަރުގައި ކުރެވޭ ރޭވުންތައް ހަރުދަނާކުރުމަށާއި، މައުލޫމާތުގެ މައްޗަށް ބިނާކޮށް އެންމެ އެދެވޭ ނިންމުންތައް ނިންމުމަށްޓަކައި ސައްހަ ތަފާސްހިސާބު ބޭނުންވާ ކަމަށެވެ. އެހެންކަމުން، މި ހިސާބުތައް އިތުރަށް މުރާޖައާކޮށް ކަށަވަރުކޮށްދެއްވުމަށް އޭނާ ވަނީ ކަމާބެހޭ އިދާރާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތަފާސްހިސާބުތަކަކީ ގައުމުގެ އިގްތިސާދީ ރޭވުންތަކާ ސީދާ ގުޅުންހުރި މައުލޫމާތުތަކެއް ކަމުން، ތަފާސްހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ދާއިރާގެ ކުރިއެރުމަށް މުހިންމު ކަމެކެވެ.
ފިރާގު މިހެން ވިދާޅުވެފައިވާއިރު، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،668 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު