ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ދިން މިސައިލާއި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫއޭއީގެ ސިޔާދަތަށް އަރައިގަނެ، އެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވާ ގޮތަށް ދިން މި ހަމަލާތައް ރާއްޖެއިން ވަރުގަދައަށް ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮތީ ޔޫއޭއީއާ އެކުގައި ކަމަށާއި، އެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި ސަރަހައްދީ ސަލާމަތަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"މަސްރަހު ގޯސްކުރުމުން ދުރުހެލިވުމުގެ މުހިއްމުކަން ދިވެހިރާއްޖެއިން ފާހަގަކުރަމެވެ. އަދި ވާހަކަ ދައްކައި، ޑިޕްލޮމެޓިކް މަސައްކަތްތަކުން ނުތަނަވަސްކަން ކުޑަކޮށް ސަރަހައްދުގެ ހަމަޖެހުން ހިފަހައްޓަން ގޮވާލަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ޔޫއޭއީން ބުނެފައިވާ ގޮތުގައި، އިއްޔެ އާއި ރޭގެ ވަގުތެއްގައި އީރާނުން ދިން ކަމަށް ބެލެވޭ މިސައިލާއި ޑްރޯން ހަމަލާތަކެއް އިންޓަސެޕްޓްކޮށް ވައްޓާލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫއޭއީގެ ހަކަތަ އުފައްދާ ކާރުހާނާއެއްގައި އަލިފާން ރޯވި ކަމަށްވެސް އެ ގައުމުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން މި ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ ޔޫއޭއީއަށް އެއްވެސް ހަމަލާއެއް ދީފައި ނުވާނެ ކަމަށެވެ.
މި ހަމަލާތައް ދީފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގައި ހަމަލާދިނުން ހުއްޓާލާފައިވާ ކަމަށް ބުނި ފަހުންނެވެ. އަދި އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން އިންޒާރު ދީފައިވަނީ އެމެރިކާގެ އަސްކަރިއްޔާއިން އެ ކަނޑުއޮޅިއަށް ވަދެފިނަމަ، އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ އަރަބި ގައުމުތަކާއި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކޮށް، މަސްރަހު އިތުރަށް ގޯސްނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު