ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލައްވައިފިއެވެ.
މިއީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އިޚްލާޞްތެރިކަމާއި ޤާބިލުކަމާއެކު ގިނަދުވަހު ޚިދުމަތްކުރައްވާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ. ނަން ހުށަހަޅަންޖެހެނީ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެއެވެ. އިނާމަށް އެދި މުއައްސަސާތަކުންނާއި، އަމިއްލަ ފަރާތްތަކުން ނުވަތަ ޚިދުމަތްކުރި ފަރާތުން އަމިއްލައަށްވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އިނާމު ދިނުމުގައި ކޮމިޓީން މައިގަނޑު ގޮތެއްގައި ބަލާނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބެހެއްޓި ފަރުވާތެރިކަމާއި، މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ޚާއްޞަ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީތަކާއި، އެ މީހެއްގެ މައްޗަށް ޖިނާއީ ނުވަތަ މަދަނީ ކުށެއްގެ ތުހުމަތެއް އޮތްތޯވެސް ކޮމިޓީން ކަށަވަރު ކުރާނެއެވެ.
ނަން ހުށަހަޅާއިރު ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، ލިޔެކިޔުންތައް ހަމައަށް ހުށަހެޅުމަށް ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު