ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ މަގާމެއްގައި ތިއްބެވި ދެ ބޭފުޅަކު، އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް މަގާމުން ސަސްޕެންޑް ކޮށްފިއެވެ.
މި މައްސަލާގައި ސަސްޕެންޑް ކުރި ދެ ބޭފުޅުންނަކީ ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ އިސްވެރިޔާ ޒަކަރިއްޔާ ހުސެއިން އާއި، ޖުޑިޝަލް އެކަޑަމީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު އަލީއެވެ. ޒަކަރިއްޔާ ހުސެއިން އަކީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަހުމަދު އަލީ އަކީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ޑީޖޭއޭ އިން ބުނި ގޮތުގައި މި ދެ ބޭފުޅުން ސަސްޕެންޑް ކުރީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދަނީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި މިވަނީ ޑީޖޭއޭގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އަމްޖަދު އެ މަގާމަށް އައްޔަން ކުރެއްވީ ފެބްރުއަރީ 2024 ގައެވެ.

ކިޔުންތެރިންގެ ހިޔާލު