ރާއްޖޭގެ އިންތިޚާބީ ނިޒާމުގެ ތެރެއަށް "ޕްރިފަރެންޝަލް ވޯޓިންގް" ނުވަތަ އިސްކަންދޭ ތަރުތީބުން ވޯޓުލާ ނިޒާމު ތައާރަފުކުރުމަކީ ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދައުރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަވަށްޓެރި ސްްރީލަންކާ އާއި ނިއުޒީލަންޑް ފަދަ ގައުމުތަކުގައި މިހާރުވެސް ކާމިޔާބުކަމާއެކު މި ނިޒާމު ބޭނުންކުރަމުންދާ ކަމަށެވެ. މި ނިޒާމުގެ ދަށުން ވޯޓުލާ މީހާއަށް އޭނާ އެންމެ ބޭނުންވާ ކެންޑިޑޭޓުގެ އިތުރުން، ދެވަނަ އަދި ތިންވަނަ އިޚުތިޔާރު ކަނޑައެޅުމުގެ ފުރުސަތު ލިބިގެންދެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ބަހާލެވިފައިވަނީ އާބާދީގެ ވަކި ނިސްބަތަކަށެވެ. ނަމަވެސް، "ނޭޝަނަލް ލިސްޓު" އުސޫލުން ނުވަތަ މުޅި ގައުމު އެއް ދާއިރާއަކަށް ބަލައިގެން ވޯޓުލެވޭނެ ގޮތެއް އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން މި ދާއިރާތަކަށް ބަހާލައިގެން ކޮންމެ ފަސް ހާސް މީހަކަށް މެންބަރެއް. އެހެންވީމާ ނޭޝަނަލް ލިސްޓެއް އައިސްގެން ވޯޓެއް ނުލެވޭ އެހެންވީމާ ޕްރިފަރެންޝަލީ ތިމަންނަގެ ދާއިރާގެ މެންބަރަށް ވޯޓު، ރައީސަށް މި ވޯޓު، ދެވަނައަށް މި ވޯޓު. ދެވަނަ ރައީސަކަށް އަންނަ ވޯޓު. އެހެންވީމާ އެއްވަނައަށް އަންނަ ވޯޓު އެއްކޮށްލާފައި އޭގެއިން ނުވީމާ ދެވަނައަށް އަންނަ ވޯޓުތައް ބަލައިގެން އަޅުގަނޑަށް ހީވަނީ އެއީ ހަމަ ވަރަށް ރަނގަޅު ގޮތެއްހެން."ނަޝީދު ވިދާޅުވިއެވެ.
މި ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ، އެމް.ޑީ.ޕީގެ އެންމެ ފުރަތަމަ ކޮންގްރެސްގައި ވެސް އިންތިޚާބުތައް ބާއްވާފައިވަނީ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ އެހީތެރިކަމާއެކު މި ނިޒާމުގެ ދަށުން ކަމަށެވެ. އަދި އެއީ ވަރަށް ކާމިޔާބު ތަޖުރިބާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން އެމް.ޑީ.ޕީގެ ފުރަތަމަ ކޮންގްރެސްގައި އެ ވޯޓު ދިނީ. ޕްރިފަރެންޝަލް ވޯޓުގެ ނިޒާމެއްގައި އަޅުގަނޑުމެން އެކަން ކުރީ. އެއީ އަޅުގަނޑު ހަނދާންވާ ގޮތުން 'އިންޓަނޭޝަނަލް ވޯޓިންގް' ކޮންމެސް ޖަމިއްޔާއަކުން އަޅުގަނޑުމެންނަށް އެސިސްޓް ކޮށްދީގެން އެކަން އަޅުގަނޑުމެން ކުރީ. އަޅުގަނޑަށް ހީވަނީ އެއީ ރަނގަޅު ގޮތެއްހެން އަޅުގަނޑުމެން ތަޖުރިބާކޮށްލަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ރިޔާސީ އިންތިޚާބުތަކުގައި މިހާރު ބޭނުންކުރަނީ ދެ ބުރުގެ ނިޒާމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބީ ނިޒާމަށް އިޞްލާޙު ގެނައުމުގެ ގޮތުން ޕްރިފަރެންޝަލް ވޯޓިންގް ނިޒާމު ތަޢާރަފު ކުރުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. މި ބަދަލު ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ޖެހޭއިރު، އެކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެއެވެ.
ޕްރިފަރެންޝަލް ވޯޓިންގް އަކީ ވޯޓުލާ މީހާ އެކަކަށްވުރެ ގިނަ ކެންޑިޑޭޓުން އިސްކަންދޭ ތަރުތީބުން (1، 2، 3 ޖަހައިގެން) ފާހަގަކުރާ ނިޒާމެކެވެ. މި ނިޒާމުގައި ކެންޑިޑޭޓަކު ހޮވުމަށް %50 އަށްވުރެ ގިނަ ވޯޓު ބޭނުންވާއިރު، ފުރަތަމަ އިޚްތިޔާރުން އެ އަދަދު ހަމަނުވެއްޖެނަމަ އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓުން އުނިކޮށް، އެމީހުންގެ ވޯޓުތައް ދެވަނަ އިޚްތިޔާރުގެ ގޮތުގައި ފާހަގަކޮށްފައިވާ ކެންޑިޑޭޓުންނަށް ބަދަލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު