ބައިނަލްއަޤުވާމީ ގުޅުންތަކަށާއި ސަރަޙައްދީ ސަލާމަތަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ނުދެއްކުމަށާއި، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން މިކަމުގައި ސަމާލުވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން އެފަދަ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަން ކަމަށެވެ. އެހެންކަމުން، ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ މައުޟޫޢުތަކުގައި ވާހަކަދައްކާއިރު، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
"މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭނެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތުކަން ފާހަގަކޮށް، މި ސިޔާސަތުގެ ދަށުން ހުރިހާ ޤައުމުތަކާއެކުވެސް ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެެވެ.
ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށް އިޙުތިރާމްކުރުމާއެކު، ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި ކަނޑުގެ ސަލާމަތް ދެމެހެއްޓުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.
ފޮރިން މިނިސްޓްރީ އިން މިފަދަ ބަޔާނެއް ނެރެފައިމިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުނު 10 ވަނަ "އިންޑިއަން އޯޝަން ޑައިލޮގް" ގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ރައީސް ނަޝީދު މާލެ ވަޑައިގެން ހާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވަނިކޮށެވެ.އެގޮތުން އިންޑިއާގެ ދަރަންޏާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހާމަކުރެއްވުމުގެ އިތުރުން، ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން މޮރިޝަސްއާ މެދު އޮތް ގުޅުމާ ބެހޭގޮތުން ވެސް ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު