މާލޭގައި ހުންނަ ބަނޑޭރިކޮށި ހުސްކުރުމަށްފަހު، އެ ތަނުގައި ދިވެހި ސިފައިންނަށް ޚާއްސަ ހައުސިންގ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން އިޢުލާނު ކުރެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށާއި، އެއީ ދިވެއްސަކަށްވީތީ އެންމެ އަސާސީ އެއް ޙައްޤުގެ ގޮތުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުގެ ތަރައްޤީގެ މައިދާނުގައްޔާއި އިޖުތިމާޢީ މައިދާނުގައި އެންމެ މުހިންމު އެއް ސިޔާސަތަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤައުމު ދިފާޢުކުރުމާއި މިނިވަންކަން ޙިމާޔަތްކުރުމަށްފަހު ދިވެހި ކޮންމެ ރައްޔިތަކަށް އެންމެ މުހިންމު ޙައްޤަކީ އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައިވާނީ ކަނޑައަޅާފައި. މިގޮތުން ބަލާއިރު ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފުވެރި މަޤާމެއް އޮންނަންޖެހޭ ފަރާތް، ދިވެހި ސިފައިންނަށް މި ޙައްޤު ފުރިހަމަވެގެންދާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގައި ސިފައިންނަށް ވަކި ކޯޓާއެއް ކަނޑައެޅިފައިވީ ނަމަވެސް، އެއީ އެންމެ އެދެވޭ ޢަދަދު ނޫން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ތެރެއިން ސިފައިންނަށް ކަނޑައަޅާ ޢަދަދު އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އަސާސީ ބޯހިޔާވަހިކަން ލިބިގެންދާ އަދަދު ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ތެރެއިން ކުރިއަށް ތަނުގައި އިތުރުކޮށްދޭނެ ކަމުގެ ޔަޤީން ކަން ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު އަރުވަން" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބަނޑޭރިކޮށީގައި އަލަށް ފަށާ ހައުސިންގ މަޝްރޫޢަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިންނާއި، 2025 ފިޓަސްޓް ސޯލްޖަރ އަންހެން، އަދި ފިރިހެންގެ އިތުރުން، ފިޓަސްޓް ޔުނިޓަށް މެޑައްޔާއި ފިލާ ހަވާލުކޮށްދެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައި، އިފްތިތާޙުކޮށްދެއްވާފައެވެ. ބ. ކިހާދޫގައި ހިންގާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ.
ރޭގެ ރަސްމިއްޔާތުގައި ދިވެހި ދިފާޢީ ބާރުގެ އިސް އޮފިސަރުންނާއި، ދަޢުލަތުގެ ވަޒީރުންނާއި، އިސްވެރީންގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު