މަސައްކަތުގެ އަޚުލާޤަކީ އިންސާނާގެ ދިރިއުޅުމުގެ ކާމިޔާބީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ބަހާއެކެވެ. ހަރުދަނާ މަސައްކަތުގެ އަޚުލާޤެއް ހުންނަ މީހަކީ އާންމުކޮށް އަދަބުވެރި، ޒިންމާދާރު، ވަގުތަށް ކަމޭހިތާ އަދި ކުރަންޖެހޭ ކަންކަން އެންމެ ފުރިހަމައަށް ނިންމުމަށް އިސްކަންދޭ މީހެކެވެ. ތަޢުލީމީ މާޙައުލުގައްޔާއި، ވަޒީފާގެ މައިދާނުގައި އަދި އަމިއްލަ ދިރިއުޅުމުގައިވެސް މިފަދަ ސިފަތައް ގެންގުޅުމަކީ އިތުބާރު ހިފޭ، އުފެއްދުންތެރި މީހަކަށް ވުމަށް އެހީތެރިވެދޭ ކަމެކެވެ. ނަމަވެސް، މިއަދުގެ ތަހުޒީބީ މުޖުތަމަޢުގައި ސޯޝަލް މީޑިއާގައި ގިނަވަގުތު ހޭދަކުރުމާއި، އާއިލާ އާއި ރައްޓެހިންނާއެކު މިންވަރަށްވުރެ ގިނައިން ވަގުތު ހޭދަކުރުން ފަދަ ކަންކަމުގެ ސަބަބުން، މަސައްކަތުގެ އަޚުލާޤު ދެމެހެއްޓުމަށް ގިނަ ބަޔަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މިއަދު މަސައްކަތަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއް ކަމަކީ ސޯޝަލް މީޑިއާއެވެ. ފޭސްބުކް، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތަކަކީ ކޮންމެ ދުވަހަކު އެތައް މިލިއަން ބަޔަކު ބޭނުންކުރަމުންދާ މަންސަތަކެކެވެ. ގިނަ ބަޔަކަށް އެ ވަސީލަތްތަކުގައި ހުންނަ ވީޑިއޯތަކާއި ފޮޓޯތައް ބަލަން ތިބެވޭއިރު، ބޭކާރުވެގެންދާ ވަގުތުގެ އިޙްސާސެއް ނުކުރެވޭނެއެވެ. މީގެ ސަބަބުން މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މީހާގެ އުފެއްދުންތެރިކަން ދަށްވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކިޔަވާ ކުދިން ފިލާވަޅުތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވާއިރު، ވަޒީފާ އަދާކުރާ މީހުންނަށް މުހިންމު މަސައްކަތްތައް ނިންމުމުގައި ލަސްތަކެއް ކުރިމަތިވެއެވެ. ސޯޝަލް މީޑިއާއިން މެދުނުކެނޑި އަންނަ ނޮޓިފިކޭޝަންތަކާއި މުނިފޫހިފިލުވުމުގެ ކަންކަމުގެ ސަބަބުން ޒިންމާތަކަށް ސަމާލުކަން ދިނުން ދަތިވެ، މަސައްކަތުގެ ފެންވަރު ދަށްވެގެންދެއެވެ.
މީގެ އިތުރުން، އާއިލާ އާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތައް ރަނގަޅަށް ބަލަހައްޓައި، އެކަށީގެންވާ ހަމައެއްގައި ނުބެހެއްޓިއްޖެނަމަ، އެއީވެސް މަސައްކަތަށް އެޅޭ ހުރަހަކަށް ވެދާނެއެވެ. އާއިލާ އާއި ރައްޓެހިންނަކީ ދިރިއުޅުމުގައި ލޯތްބާއި، އެހީތެރިކަމާއި އުފާވެރިކަން ގެނެސްދޭ މުހިންމު ބައެކެވެ. ނަމަވެސް، މިންވަރަށްވުރެ ގިނައިން އިޖުތިމާޢީ ބައްދަލުވުންތަކާއި، ދިގު ވާހަކަތަކުގައި ބައިވެރިވުމަކީ އަގުހުރި ވަގުތުތަކެއް ބޭކާރުވެގެންދާނެ ކަމެކެވެ. ބައެއް މީހުން މަސައްކަތަށްވުރެ އިޖުތިމާޢީ ކަންކަމަށް އިސްކަންދިނުމުގެ ސަބަބުން، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި ލަސްތަކެއް ކުރިމަތިވެއެވެ. ވަގުތު މެނޭޖުކުރުމެއް ނެތި އިޖުތިމާޢީ ދިރިއުޅުމަށް މާ ބޮޑަށް ލެނބުމަކީ މަސައްކަތަށް އޮންނަ ސަމާލުކަމާއި ތެދުވެރިކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
އަދި މިފަދަ ކަންކަމުގެ ސަބަބުން ކަންކަން ފަސްކުރުމުގެ ނުބައި އާދަ މީހާގެ ކިބައިގައި ހަރުލައެވެ. މުނިފޫހިފިލުވުމާއި އިޖުތިމާޢީ ކަންކަމުގައި މާ ގިނަ ވަގުތު ހޭދަކުރުމުން، މުހިންމު ޒިންމާތައް އެންމެ ފަހު ވަގުތާ ޖެހެންދެން ފަސްކުރެވެއެވެ. މީގެ ސަބަބުން ނަފްސާނީ ބުރަ ބޮޑުވެ، މަސައްކަތުގެ ފެންވަރު ދަށްވެ، މާޔޫސްކަން ކުރިމަތިވެއެވެ. ވަޒީފާގެ މާޙައުލުގައި މަސައްކަތަށް ދޭ ސަމާލުކަން ކުޑަވުމަކީ މީހާގެ މަސައްކަތުގެ ހަލުވިމިން ދަށްވެ، ފަންނީ އަބުރަށްވެސް އުނިކަން އަންނާނެ ކަމެކެވެ. ހަމައެފަދައިން، ކިޔަވާ ކުދިންނަށް ފިލާވަޅުތަކަށް އެކަށީގެންވާ ވަގުތު ނުދެވުމުގެ ސަބަބުން ތަޢުލީމީ ނަތީޖާ ދަށްވުމަށް މެދުވެރިވެއެވެ.
މިފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، ރަނގަޅު ރޭވުންތެރިކަމަކާއެކު މި ހުރަސްތަކުން ސަލާމަތްވެވިދާނެއެވެ. ސޯޝަލް މީޑިއާ ބޭކާރު ގޮތުގައި ބޭނުންކުރުން މަދުކޮށް، މަސައްކަތުގެ ނުވަތަ ކިޔެވުމުގެ ވަގުތުތަކުގައި ފޯނާ ދުރުހެލިވުމަށް އަމިއްލައަށް އިންތަކެއް ކަނޑައަޅަންޖެހެއެވެ. ދިރިއުޅުމުގެ ތާވަލެއް އެކުލަވައިލައި، ކަންކަމަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމަކީ މަސައްކަތާއި، އާއިލާ އަދި އިޖުތިމާޢީ ދިރިއުޅުން ހަމަހަމަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އާއިލާ އާއި ގާތްމީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ނަމަވެސް، އަބަދުވެސް އިސްކަންދޭންވާނީ ތިމާގެ ޒިންމާތައް ފުރިހަމަކުރުމަށެވެ. ހަރުދަނާ މަސައްކަތުގެ އަޚުލާޤެއް ބިނާކުރެވޭނީ ސާބިތުކަމާއި، ސަމާލުކަމާއި އަދި ހެޔޮ އާދަތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، މަސައްކަތުގެ އަޚުލާޤަކީ އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މައިދާނުގައި ކާމިޔާބު ހޯދުމަށް ކޮންމެހެން ބޭނުންތެރި ސިފައެކެވެ. ސޯޝަލް މީޑިއާ އާއި، އާއިލާ އަދި ރައްޓެހިންނަކީ ދިރިއުޅުމުގެ މުހިންމު ބައިތަކެއް ކަމުގައި ވިޔަސް، ވަގުތު މެނޭޖުކުރުމުގައި ފަރުވާކުޑަކޮށްފިނަމަ، އެއީ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވެގެންދާނެއެވެ. އަދަބުވެރިކަމާއި، ޒިންމާދާރުކަމާއެކު ކަންކަން ހަމަހަމަކޮށް ބެލެހެއްޓުމުން، ކޮންމެ މީހަކަށްވެސް އެމީހެއްގެ މަސައްކަތުގެ އަޚުލާޤު ދަމަހައްޓައި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު