ކުރީގެ ސަރުކާރުން އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވި 50 މިލިއަން ޑޮލަރުގެ ލޯނު ދިވެހި ސަރުކާރުން ދައްކައި ޚަލާސްކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު ދައްކާފައިވަނީ 11 މޭ ގައި ދައްކަންޖެހޭ ގޮތަށް އޮތް 50 މިލިއަން ޑޮލަރެވެ. މިއީ 2019 ވަނަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ކުރީ ސަރުކާރުން ނަގާފައިވާ ޖުމްލަ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ބައެކެވެ.
"މިދިޔަ ސަރުކާރުން ތިންފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރު ނަގާފައިވޭ. އެއީ 17 މާޗް 2019، 26 ޖޫން 2019 އަދި 1 އޮކްޓޯބަރު 2019 ގައެވެ. މި 150 މިލިއަން ޑޮލަރު މިދިޔަ ސަރުކާރުން ކޮންމެ އަހަރަކުވެސް ދިޔައީ ރޯލް އޯވަރ ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، މި ލޯނުގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު މިއަހަރުގެ ޖެނުއަރީ 7 ގައި ދައްކާފައިވާ ކަމަށާއި، މިއަދު ދެއްކި 50 މިލިއަން ޑޮލަރަށްފަހު ދެން ބާކީ އޮތް 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެމްބަރު 17 ގައި ދައްކައި މުޅިން ނިންމަވާނެ ކަމަށެވެ.
ވޭތުވެދިޔަ 40 ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ބޮޑެތި ދަރަނިތަކެއް ދައްކާފައެވެ. އެގޮތުން 526 މިލިއަން ޑޮލަރުގެ ސުކޫކާއި، 400 މިލިއަން ޑޮލަރުގެ ސުވޮޕް އަދި މިއަދު ދެއްކި 50 މިލިއަން ޑޮލަރާއެކު ޖުމްލަ 974 މިލިއަން ޑޮލަރު މި ކުރު މުއްދަތުގެ ތެރޭގައި ދައްކައި ޚަލާސްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި ދަރަނިތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިއީ ކުރީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ "ދަރަނީގެ ދަންތުރައެއް" ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ އެ ދަންތުރައިން ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ހެވާ ލާބައަށްޓަކައި، ދައުލަތުގެ ދަރަނިތައް ފިލުވައި އިގްތިސާދު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް މުޢިއްޒު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު