ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމުރެއް ނެރުނު ނަމަވެސް، ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ބޭނުންކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލް މިހެން ވިދާޅުވީ ގާނޫނުއަސާސީއާއި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި އަދަދު ނޫހުން ގެެނެސްދިން "އާއިޝާ" ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން އާންމު ރައްޔިތުންގެ މައްޗަށް ނެރުނު އަމުރާއި ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީން މެންބަރުންނަށް ވާހަކަދެއްކުމުގެ މިނިވަންކަން ލިބިދީފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، އެއީ ޝަރުއީ ދާއިރާއިން އަތްބާނަން އޮތް ތަނެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ވަކި ގޮތަކަށް ވާހަކަ ބައްޓަންކުރަން، އެ މިނިވަންކަން މި ގާނޫނުއަސާސީން، ދިވެހިރާއްޖޭގެ މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އަޅުގަނޑުމެންނަށް ލިބިދޭ. މި މުއައްސަސާގެ އަގު ވައްޓާނުލައްވާ. މިއީ ރައްޔިތުންގެ މަޖިލިސް، މިތާ އަޅުގަނޑުމެން ވާހަކަ ދައްކާނަން،" މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މީކާއީލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމާއި، ނޫސްތަކަށް ބިރުދެއްކުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ދުލުގެ މިނިވަންކަމުގައި ތަޅެއް ނޭޅުވޭނެއެވެ. އަދި 'އަދަދު' ނޫސް ފަދަ މީޑިއާތަކުގެ ފަހަތުން ފުލުހުން ފޮނުވައިގެން ބިރު ނުދެއްކޭނެ ކަމަށާއި، އިދިކޮޅު އެމް.ޑީ.ޕީ އަކީވެސް ބިރުން ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯޓުތަކުގެ ނިންމުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ ކްރިމިނަލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ މުއައްސަސާތަކުން ކުރާ ކަންކަމާ ގުޅޭގޮތުން ފާޑުކިޔައި ބަސްބުނާނެ ކަމަށެވެ.
"މި ގާނޫނުއަސާސީއަކީ މީގެން ލިބިދޭ ހައްގުތަކުގެ މިނިވަންކަން އަޅުގަނޑުމެން ބޭނުންކުރާނަން. ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އަޅުގަނޑުމެންގެ އަޑުއަހަން،" މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި މީކާއީލް ވިދާޅުވީ، އެއީ އެމްޑީޕީ ކަމަށް ވިޔަސް ނުވަތަ ޕީއެންއެފް ކަމަށް ވިޔަސް، ސިޔާސީ ހަރަކާތްތައް ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އަދި މިހާރު ފެންނަނީ "30 ޕަސެންޓުގެ މައިނޯރިޓީ ސަރުކާރަކުން" ޝަރީއަތަށް އަތްބާނައި، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން މަސައްކަތްކުރާ މަންޒަރު ކަމަށާއި، އެކަން ހަޖަމު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީކާއީލް ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ގާނޫނުއަސާސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ފުނޑާލަމުންދާއިރު މަޖިލިސް މެންބަރުން މަޑަކުން ނުތިބޭނެ ކަމަށާއި، ރައްޔިތުންގެ ހައްގުގައި އަޑުއުފުލުން ކުރިއަށް ގެންދާނެ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު