މިއަދުގެ ދުނިޔޭގައި މުވާސަލާތީ ޚިދުމަތްތަކުގެ މައިބަދައަކީ ފައިބަރ އޮޕްޓިކް ކޭބަލްތަކެވެ. ނަމަވެސް، ފަހުގެ ދިރާސާއަކުން ހާމަވި ގޮތުގައި، ގޭގޭގައާއި އޮފީސްތަކުގައި ބޭނުންކުރާ މި ކޭބަލްތަކަކީ ހަމައެކަނި އިންޓަރނެޓް ފޯރުކޮށްދޭ އެއްޗެއްގެ ބަދަލުގައި، ސިއްރުން އަޑުއެހުމަށް ބޭނުންކުރެވިދާނެ ވަސީލަތަކަށް ވުމުގެ ބިރު އެބައޮތެވެ. މިއީ ސައިބަރ ސެކިއުރިޓީއާއި އަމިއްލަ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވިފައެވެ.
"ސައިންސް އެޑްވައިޒަރ" މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، ފައިބަރ އޮޕްޓިކް ކޭބަލްތަކަށް އޭގެ ކައިރީގައި ހިނގާ އަޑުތަކުގެ ސަބަބުން އުފެދޭ ކުދިކުދި ވައިބްރޭޝަންތައް ދެނެގަތުމުގެ ގާބިލުކަން ލިބިގެންވެއެވެ. މި ވައިބްރޭޝަންތަކުގެ ސަބަބުން ކޭބަލްގެ ތެރެއިން ދަތުރުކުރާ އަލީގެ ސިގްނަލްތަކަށް ވަރަށް ކުޑަ ބަދަލެއް އާދެއެވެ. ޚާއްޞަ ސާމާނު ބޭނުންކޮށްގެން ސައިންސްވެރިންނަށް ވަނީ މި ބަދަލުތައް ތަޙުލީލުކޮށް، ކޭބަލް ހުރި ސަރަޙައްދުގައި މީހުން ދައްކާ ވާހަކަތައް އަލުން އިއާދަކޮށްފައެވެ.
ކެސްޕަރސްކީގެ ދިރާސާތަކުން ދައްކާގޮތުގައި، ހަމައެކަނި ހަލުވި އިންޓަރނެޓް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ނެޓްވޯކްތައް، ނޭނގި ތިއްބާ ވަރަށް ނާޒުކު "އެކޯސްޓިކް ސެންސަރު" ތަކަކަށް ބަދަލުވެގެންދެއެވެ. މި ޓެކްނޮލޮޖީ މަސައްކަތް ކުރަނީ "ޑިސްޓްރިބިއުޓަޑް އެކޯސްޓިކް ސެންސިންގ" ކިޔާ އުކުޅެއްގެ އެހީގައެވެ. މިއީ ކޭބަލްގެ ތެރެއަށް ލޭޒަރ ޕަލްސް ފޮނުވައިގެން، ކޭބަލް ކައިރީގައި ހިނގާ ހަރަކާތްތަކުގެ ސަބަބުން އަލީގެ ސިގްނަލަށް އަންނަ ބަދަލުތައް މިނެދޭ ނިޒާމެކެވެ.
މާހިރުން ފާހަގަކުރާ ގޮތުގައި، މީގެ ކުރިން މި އުކުޅު ބޭނުންކުރަމުން އައީ ސައިންޓިފިކް ބޭނުންތަކަށެވެ. އޭގެ ތެރޭގައި ބިންހެލުންތައް ދެނެގަތުމާއި، މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ކަނޑުގެ އަޑީގެ ދިރާސާތައް ހިމެނެއެވެ. ނަމަވެސް، މި އައު ހޯދުންތަކާއެކު، މީހުންގެ ޒާތީ މުޢާމަލާތްތައް ސިއްރުން އަޑުއެހުމަށް މި ޓެކްނޮލޮޖީ ބޭނުންކޮށްފާނެކަމުގެ ބިރުވެރިކަން މިހާރު ވަނީ އުފެދިފައެވެ.
އެހެންނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި މިގޮތަށް ސާފުކޮށް ވާހަކަ އަޑުއެހުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިކަމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ވަރަށް އަގުބޮޑު ސާމާނު ބޭނުންވުމާއި، ފަންނީ މަތީ ހުނަރު ބޭނުންވުމުގެ އިތުރުން ތިމާވެށީގެ އެކަށީގެންވާ ހާލަތްތަކެއް ހުރުން ހިމެނެއެވެ. އެހެންކަމުން، އާންމު އިންޓަރނެޓް ބޭނުންކުރާ މީހުންނަށް މިވަގުތު މިއީ އެހާ ބޮޑު ނުރައްކަލެއް ނޫން ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.
މިކަމާ ގުޅިގެން ސައިބަރ ސެކިއުރިޓީ މާހިރުން ދަނީ ފައިބަރ އޮޕްޓިކް އުމްރާނީ ވަސީލަތްތައް މިފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި ކޭބަލްތައް ބަންދުކޮށްފައި ހުންނަ ފަށަލަތައް ވަރުގަދަކުރުމާއި، އިންސިއުލޭޝަން ރަނގަޅުކުރުމުގެ އިތުރުން ނެޓްވޯކް އެކްސެސް މިހާރަށްވުރެ ހަރުދަނާކޮށް މޮނިޓަރ ކުރުން ހިމެނެއެވެ.
މި ހޯދުންތަކާއެކު، މުވާސަލާތީ ވަސީލަތްތަކާއި ޖާސޫސީ ގާބިލުކަމާ ދެމެދު އޮތް ގުޅުން ބޮޑުވަމުންދާތީ، އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ޚާއްޞަކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކްތައް ފުޅާވަމުންދާ މި ދަނޑިވަޅުގައި، މިއީ ފަރުދުންގެ ސިއްރުތައް ހިމާޔަތްކުރުމަށްޓަކައި ސަމާލުކަންދޭންޖެހޭ މުހިންމު ކަމެކެވެ.
މަސްދަރު: އެންޑީޓީވީ

ކިޔުންތެރިންގެ ހިޔާލު