އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ބޭއްވޭ ފަތުރުވެރިކަމާއި ކާބޯތަކެތީގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ބޮޑު ވިޔަފާރި މަންސަ ކަމަށްވާ "ލިލީ އިންޓަރނޭޝަނަލް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް) މިއަހަރުވެސް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ މި ބޮޑު މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު 7 އިން 9 އަށެވެ. މި މައުރަޒަކީ ރިސޯޓް އޮޕަރޭޓަރުންނާއި، ހޮޓެލް ހިންގާ ފަރާތްތަކާއި، ތަކެތި ގަންނަ އިސް ފަރާތްތަކުގެ އިތުރުން ކާބޯތަކެތީގެ ދާއިރާގައި އައު އީޖާދުތައް ތަޢާރަފުކުރާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ސަޕްލަޔަރުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރަން ލިބޭ މުހިންމު ފުރުސަތެކެވެ.
މި މައުރަޒާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި އިއްޔެ ވަނީ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދާއިރާގެ މުހިންމު ފަރާތްތަކާއި، ޕާޓްނަރުން އަދި މީޑިއާގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުމުގައި ސީ.ޑީ.ސީ އިވެންޓްސްގެ މިސްޓަރ އިމްރާން ޙަސަން، ލިލީ އިންޓަނޭޝަނަލްގެ މިސްޓަރ ފައިޒަލް ޢަލީ، ނެސްލޭ ޕްރޮފެޝަނަލްގެ މިސްޓަރ ދިޝާން ވިޖެވަރްދަނާ، އަދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް ޝެފް އިސްޙާޤު ޞާލިޙް ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެވެ. މީގެ އިތުރުން މެންހަޓަން ގްރޭންޑް ހޮޓަލާއި މޯލްޑިވްސް ހައުސްކީޕާސް
އެސޯސިއޭޝަނުގެ މަންދޫބުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ހައުސްކީޕާސް އެސޯސިއޭޝަނުގެ ޓްރެޜަރާ މޫސާ ޙަމީދު ފާހަގަކުރެއްވި ގޮތުގައި އެފްއޭއެޗްއެމް އަކީ މީގެ ކުރިން މާ ބޮޑު ސަމާލުކަމެއް ލިބިފައި ނުވާ ހައުސްކީޕިންގ މުވައްޒަފުންގެ ހުނަރުތައް ދައްކާލުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެކެވެ. އަދި ޓައިޓަލް ސްޕޮންސަރ ލިލީ އިންޓަނޭޝަނަލްގެ އެސިސްޓަންޓް ޑައިރެކްޓަރ ފައިޒަލް ޢަލީ ވިދާޅުވީ، ފެށުނީއްސުރެ އެ ކުންފުނިން ބައިވެރިވަމުން އަންނަ ކަމަށާއި، އަހަރުތަކުގެ ތެރޭގައި މި މައުރަޒަށް އައިސްފައިވާ ކުރިއެރުންތަކާއެކު އަލުން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން ޝެފް އިސްޙާޤު ޞާލިޙް ވަނީ މި މައުރަޒުގެ ސަބަބުން ޝެފުންނަށް އަބަދުވެސް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ޝެފުން ބިނާކުރުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި މެންހަޓަން ގްރޭންޑް ހޮޓެލްގެ ސީ.އޯ.އޯ ވަނީ ހުޅުމާލޭގައި އަލަށް ހުޅުވާ އެ ހޮޓާ އަންނަ އޮގަސްޓު މަހު ހުޅުވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އަދި އެ ހޮޓަލަކީ މައުރަޒުތަކަށް ޚާއްޞަ މައި ހޮޓަލަކަށް ހެދުމަށް ބޭނުންވާ ކަމަށާއި، އެތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ރާއްޖޭގެ 'މައިސް' (އެމްއައިސީއީ) ޓޫރިޒަމްގެ ދާއިރާ ފުޅާކުރަން ބޭނުންވާކަން އޭނާ ހާމަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެޗްއެމް 2026 އާ ބެހޭ ތަފްޞީލީ ޕްރެޒެންޓޭޝަނަކާއި، މައުރަޒާއި 'ކަލިނަރީ ޗެލެންޖް' އިޝްތިހާރުކުރާ ވީޑިއޯތައް ދައްކާލުމުގެ އިތުރުން ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ކުރިއަށްދިޔައެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބާރުމިނުގައި ކުރިއަރަމުން އަންނަ ލަގްޒަރީ ޓޫރިޒަމްގެ މާކެޓު ކަމަށްވީއިރު، މި މައުރަޒަކީ ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. އެފްއެޗްއޭއެމް 2026 މެދުވެރިކޮށް މި ދާއިރާގެ އެންމެ އިސް ނިންމުންތައް ނިންމާ ފަރާތްތަކާ ސީދާ ބައްދަލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ޕްރީމިއަމް ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، ހޮޓެލް ސަޕްލަޔަރުންނާއި، ބަދިގެއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ވެލްނަސް ބްރޭންޑްތައް ހިމެނެއެވެ. މިއީ ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިވެރިން، ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކާ އެކު އެއް ސަފެއްގައި ހަރަކާތްތެރިވެ، ވިޔަފާރި ފުޅާކޮށް، އަގުހުރި ކޮންޓްރެކްޓްތައް ހޯދުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަންނަ 'ގްލޯބަލް ކަލިނަރީ ޗެލެންޖް' އެވެ. މިއީ ތަޖުރިބާކާރު ޝެފުންނާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރު ދައްކާލުމަށް ލިބޭ ފުރުޞަތެކެވެ. މީގައި ބައިވެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސެޓުފިކެޓުތައް ލިބޭނެއެވެ.
އެފްއެޗްއޭއެމް 2026ގެ މައިގަނޑު ސްޕޮންސަރުންނަކީ ލިލީ އިންޓަނޭޝަނަލް، ނެސްލޭ ޕްރޮފެޝަނަލް، ސިމްޑީ ގްރޫޕް އަދި ޔޫރޯ މާކެޓިންގ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން އައު އީޖާދުތައް ދައްކާލުމަށް ތައްޔާރުވަމުންދާއިރު، މައުރަޒުން ޖާގަ ހޯދުމަށް ގިނަ ބަޔަކު އެދެމުންދާތީ، ވީހާވެސް އަވަހަށް ބައިވެރިވުމަށް އިންތިޒާމުކުރާ ފަރާތުން އިރުޝާދުދެއެވެ.

ކިޔުންތެރިންގެ ހިޔާލު