ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލީ މައްސަލައިގައި، އަމާޒުވާ ފާޑުކިޔުންތަކަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ރައްދު ދެއްވައިފިއެވެ.
ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއަދު ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ނިގުޅައިގަނެގެން މިސަރުކާރުން ނޫޅޭ ކަމަށެވެ. އޭގެ ބަދަލުގައި، މިއަދު މިއުޅެނީ އެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައިގެން، ރައީސުލްޖުމްހޫރިއްޔާއަށް ގަޛްފު ކޮށްގެން ކަމަށް ހީނާ ވިދާޅުވިއެވެ.ދެ ނޫސްވެރިން ޖަލަށްލީ ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ "ގެގް އޯޑަރަކާ" (ވަކި މަޢުލޫމާތެއް ހާމަނުކުރުމަށް ނެރޭ އަމުރެއް) ޚިލާފުވުމުންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، ކޯޓު އަމުރަކާ ޚިލާފުވާން ފުރުސަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށްވެސް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް ޢަމަލު ނުކުރައްވާ ހިތު ހުރިގޮތަކަށް އެ އަމުރާ ޚިލާފުވާން ފުރުޞަތު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށްވެސް ލިބިވަޑައެއްނުގަންނަވާ،" ހީނާގެ ޕޯސްޓުގައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު އިލްޒާމް އެޅުވުން ރާއްޖޭގައި ފެތުރެމުންދަނީ "ރޯވަމުންދާ އަލިފާން ގަނޑެއް ފަދައިން" ކަމަށެވެ. އަދި ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ނަފާ ހޯދަން މަސައްކަތް ކުރާތީ ހީނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ހީނާ ވިދާޅުވީ ސަރުކާރުން ޤާނޫނު ތަންފީޒުކުރާނެ ކަމަށާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ. އެއީ ހުރިހާ ރައްޔިތުންގެ ޙައްޤުތައްހިމާޔަތްކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް ހީނާ ވިދާޅުވިއެވެ. ޒާތީނުވެ، ދޮގު ނަހަދައި އަދި އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރު ކުރެވޭނެކަން ހީނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ "އަދަދު" ނޫހުން އުފެއްދި ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެގެން ދެ ނޫސްވެރިއަކު ޖަލަށްލި މައްސަލައެކެެވެ. އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލީ ރައީސް މުޢިއްޒާ ސުވާލުކުރުމުގައި ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނެއެވެ. އަދި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާޞިރު 10 ދުވަހަށް ޖަލަށްލީ ކޯޓު އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ކަނޑަައެޅުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު