ކުރީގެ ތިން ރައީސުން ތިއްބެވީ އެކަކު އަނެކަކު ކަރު ހިފައި ބުރަކައްޓަށް ވަޅި ޖަހާފައި ވިދާޅުވެ ރައީސް މުޙައްމަދު މުޢިއްޒު އެބޭފުޅުންނަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެެ.
ރައީސް މުޢިއްޒު ކުރީގެ ރައީސުންނަށް ފާޑުވިދާޅުވީ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކުގައި މަސައްކަތް ކުރެއްވުމަށް ތިން ރައީސުން މާދަމާ ބައްދަލު ކުރަން ނިންމާފައިވަނިކޮށް ރައީސް މުއިއްޒު ރޭ ވަނީ ރައީސް ޔާމީނާއި ރައީސް ސާލިހާ ރައީސް ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ. ކުރީގެ ރައީސުންނަށް އިޝާރަތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ އެކަކު އަނެކަކު ކަރުގައި ހިފައި އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅިޖަހާފައި ތިބި ބަޔަކު އެއްވެގެން ނިކުމެ ޤައުމޭ ކިޔާފައި ވާހަކަ ދައްކާއިރު އެއީ ހުސް "ފެއިލިއަރުން" ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ހަރަކާތެއް ބޭނުންވާ ކަމަށާއި، ނަމަވެސް މިހާރު ފެންނަމުންދަނީ "ބަތްކައްކާ ކުޅޭ" ފަދަ ސަކަރާތްޖަހާ، ދެއުޅިއެއް ނުވާ އޮޕޮޒިޝަނެއް ކަމަށެވެ. މިފަދަ ގޮތަކަށް އަމަލުކުރާ އިދިކޮޅު ފަރާތްތަކެއް އޮވެގެން ގައުމަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވަނީ ކުރީގެ ވެރިކަންތަކުގައި ގައުމުގައި ހިނގި ކަންކަމުގެ ހިނގި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ. ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރީގައި ސީޔާސީ މީހަކު އެއްޗެއް ބުނާއިރަށް ޖަލަށް ލީ ދުވަސްވެސް ދިޔަކަމަށެވެ. އަދި ތަރައްގީ މަޝްރޫއުތަައް ހިންގި ނަމަވެސް ޔާމީންގެ ވެރިކަމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
" ތަރައްގީ ކުރިޔަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. ޓްރެކް ރިކޯޑް މި އޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި. ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު