ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާދަމާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މީޑިއާ ގްރޫޕުގައެވެ.މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ތާވަލުކޮށްފައިވަނީ މާދަމާ ރޭ އަށެއް ޖަހާއިރަށެވެ. މި ބައްދަލުވުމަށްފަހު ތިން ރައީސުން ނޫސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލު ހިއްސާކުރައްވާނެ ކަމަށް އެނގިފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ތައްޔާރުކަން ކުރީގެ ރައީސް ޔާމީން ވަނީ އިއުލާނު ކުރައްވާފައެވެެ.

ތިން ރައީސުން މި ބައްދަލުކުރައްވަނީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު