ކުރީގެ ސަރުކާރުތަކުގައި ހިނގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމަށް ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ވެންޓިލޭޓަރުގެ މައްސަލަ ފަދަ، ގައުމަށް ގެއްލުންވި ހުރިހާ މައްސަލަތަކެއް ބަލަންޖެހޭ ކަމަށެވެ. އަދި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މުއައްސަސާތަކުން ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް މުހިއްމު އެކަކުވެސް ނުހުންނާނެ. އެއްވެސް ފަރާތަކީ ގައުމަށްވުރެ އިސްކުރާނެ ފަރާތެއް ނޫން. އަޅުގަނޑު އިސްކުރާނީ ގައުމު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރުމުގައި މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ ޚިޔާނާތުގެ ހަގީގަތް ހޯދައި، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް އަދަބު ދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުގެ ވައްކަންތަށް ބަލާނެ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ނުސީދާކޮށް އިންޒާރު ދެއްވާފައިމިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު