ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު ވެފައިވާ ވިސާ އެކްސެމްޕްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
15 މޭ 2026 އިން ފެށިގެން އަމަލުކުރަން ފެށި މި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ރައްޔިތުންނަށްވެސް 30 ދުވަހުގެ މުއްދަތަށް ދުރާލާ ވިސާ ނެގުމަކާނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެއެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ ސޭޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރޭ ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ސޭޝެލްސްގެ ފޮރިން މިނިސްޓަރަކު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ތާރީޚީ ނިންމުމަކީ ދިވެހިރާއްޖެއާއި ސޭޝެލްސްއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ. އަދި މިއީ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި އެކުވެރިކަން ދައްކުވައިދޭ މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ފަތުރުވެރިކަން ކުރިއެރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރެވޭ އިންވެސްޓްމަންޓްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ގުދުރަތީ ރީތިކަމާއި މޫދުތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ދިވެހީންނަށާއި ސޭޝެލްސްގެ ރައްޔިތުންނަށް މިހާރު އިތުރަށް ފަސޭހަވެގެންދާނެއެވެ.
ދިވެހިރާއްޖެއިން ސޭޝެލްސްއާއެކު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކުރީ، 1 ޖުލައި 1980 ގައެވެ. ދެ ޤައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު