ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އިޓަލީގެ ހަތަރު ފަތުރުވެރިއަކު ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ މީހުން ދަތުރުކުރި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިއަދު ސަސްޕެންޑްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، މި ސަފާރީގެ ލައިސަންސް ހިފަހައްޓާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. މި ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރުމަށެވެ. މި ހާދިސާ ހިނގީ އެ ސަފާރީގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންނާއި ޑައިވިން އިންސްޓްރަކްޓަރަކު ޑައިވް ކުރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އިޓަލީއަށް ނިސްބަތްވާ ބާކީ ހަތަރު ފަތުރުވެރިން އަދިވެސް ފެނިފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ހާދިސާއާ ގުޅިގެން އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ ގެއްލިފައިވާ ފަތުރުވެރިން ހޯދުމުގެ މަސައްކަތަކީ ސަރުކާރުން މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި، މި ރެސްކިއު އޮޕަރޭޝަނުގައި އިޓަލީ ސަރުކާރުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މި ދަތި ވަގުތުގައި އާއިލާތަކަށް ތައުޒިޔާ ފޮނުވައި، ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތްތަކުން ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު