ވ. އަތޮޅު ކައިރިން ގެއްލުނު ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ކޯސްޓްގާޑު ޑައިވަރެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް މިއަދު ކުރިއަށްގެންދިޔަ ޑައިވިންގ އޮޕަރޭޝަނުގެ ތެރޭގައެވެ.
އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން ގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަނަކީ މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅު ކަނޑުގެ އަޑީގެ ހޮހޮޅައަކަށް ޑައިވް ކުރަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުން ހޯދުމަށް ފެށި އޮޕަރޭޝަނެކެވެ. މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައިރު، މިހާތަނަށް ފެނިފައިވަނީ އެ ގްރޫޕާއެކު ދިޔަ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ.
ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރިއަށްގެންދާއިރު، މި މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އިޓަލީގެ މާހިރުންގެ ޓީމެއް ރާއްޖެ ގެނައުމުގެ އިންތިޒާމްތައް ސަރުކާރުން މިހާރު ވަނީ ފައިނަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު