ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ބައްދަލުވުމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ހަލީލް ސިފަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ ގައުމުގެ މަސްލަހަތު ނަގާލައި، މިހާރު އޮތް ވެރިކަން ވައްޓާލުމަށްޓަކައި ބާރުގެ ދަހިވެތިކަމުގައި ތިއްބެވި ތިން ބޭފުޅަކު ވެވަޑައިގަންނަވާ "ވަގުތީ ކައިވެންޏެއް" ކަމަށެވެ. އަދި މި ބޭފުޅުންނަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް އޮތް ބައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތިން ބޭފުޅުންގެ ބައްދަލުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލު ކުރައްވާއިރު، މާޒީގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ހަނދާންތައް އާވާނެ ކަމަށެވެ.

އެގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ ފަޅުރަށްތައް ގާތް މީހުންނަށް ބެހުމާއި، މުޒާހަރާތަކަށް މީހުން ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި 280 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ދިނުމާއި، ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތާއި އަނިޔާވެރިކަމުގެ ހަނދާންތައް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ކިބައިން ފެންނާނެ ކަމަށް ހަލީލް ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރުމުގެ އިތުރުން، ދިވެހިރާއްޖެ އިންތިހާއަށް ދަރުވާލުމުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅުންނަކީވެސް އެއީ ކަމަށް ހަލީލް ވިދާޅުވިއެވެ.



ކުރީގެ ތިން ރައީސުންގެ މި ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހުވެސް ވަނީ ފާޑުވިދާޅުވެފައެވެ. ފަލާހު ވިދާޅުވީ ކުރީގެ ތިން ރައީސުން އެއްބަސްވި ކަންކަމުގެ ވާހަކަ އަޑުއިވުމުން އަންނަނީ ހަމައެކަނި "ހިނި" ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު