މުޅި އިންޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ޔަޝްގެ ކުރިއަށް އޮތް ފިލްމު "ޓޮކްސިކް: އޭ ފެއަރީޓޭލް ފޯ ގްރޯން-އަޕްސް" ސިނަމާތަކަށް އައުން ލަސްވަމުންދާތީ ސަޕޯޓަރުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ފިލްމު ލަސްވުމުގައި ވަރަށް މަގުބޫލު ސަބަބުތަކެއް އެބަހުރި ކަމަށް އެ ފިލްމުން ފެނިގެންދާ ތަރި ތާރާ ސުތާރިއާ ބުނެފިއެވެ.
"ޓޮކްސިކް" އެންމެ ފުރަތަމަ ސިނަމާތަކަށް ގެނައުމަށް ނިންމާފައި އޮތީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް މެދުއިރުމަތީގައި އުފެދުނު ހަމަނުޖެހުންތަކާއި، އީރާނާއި އިސްރާއީލުގެ ކުރިމަތިލުންތަކާ ގުޅިގެން ފިލްމު ރިލީޒްކުރުން ޖޫން މަހުގެ 4 ވަނަ ދުވަހަށް ފަސްކުރިއެވެ. އޭގެ ފަހުން ޔަޝް ވަނީ ފިލްމު އަނެއްކާވެސް ފަސްކުރިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި ފިލްމު ލަސްކުރީ ބައިނަލްއަގުވާމީ ފެންވަރުގައި ފިލްމު އިޝްތިހާރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުމަށެވެ.
މިކަމާ ގުޅޭގޮތުން "ދަ ހޮލީވުޑް ރިޕޯޓަރ އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ތާރާ ސުތާރިއާ ބުނީ ފިލްމު ލަސްވުމާ މެދު އޭނާ ކަނބޮޑުނުވާ ކަމަށެވެ. "އަހަރެންނަކީ ވަރަށް ކެތްތެރި މީހެއް. ފިލްމު ވަގުތުން ރިލީޒް ނުވުމުން އަހަރެންނަށް ވާނީ ކިހިނެއްތޯ ބަލައިގެން އަހަރެން ނޫޅެން. އަހަރެން ބަލަނީ މުޅި ފިލްމުގެ ކުރިމަގަށް. އެކްޓަރެއްގެ ހައިސިއްޔަތުން މިއީ ހަމައެކަނި ތިމާގެ އަމިއްލަ އެއްޗެއް ކަމަށް ދެކިގެން ނުވާނެ. މިއީ މުޅި ޓީމުގެ މަސައްކަތް،" ތާރާ ބުންޏެވެ.
ތާރާ އިތުރަށް ބުނިގޮތުގައި އޭނާއަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ނިންމާ ނިންމުންތަކުގެ ބުރަދަން އެނގެއެވެ. ފިލްމު ލަސްކުރަން ޖެހުނު ސަބަބުތަކަކީ ހަގީގަތުގައިވެސް ބުއްދިގަބޫލުކުރެވޭ ސަބަބުތަކެއް ކަމަށާއި، މި މަޑުޖެހުމުގެ ސަބަބުން ފިލްމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
ޔަޝް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިނަމާކޮން ގައި ފިލްމު ދައްކާލުމުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުން، މި ފިލްމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭންޖެހޭ ފިލްމެއްކަން ޔަގީންވި ކަމަށެވެ. ފިލްމުގެ މަސައްކަތް އެއްކޮށް ނިމިފައިވީ ނަމަވެސް، މިހާރު ކުރިއަށްދަނީ ބައިނަލްއަގުވާމީ މާކެޓަށް ފލްމު ނެރުމުގެ ތައްޔާރީތަކެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް، ޔަޝްއާއި ގީތޫ ލިޔެފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ކިއާރާ އަދުވާނީ، ނަޔަންތާރާ، ހުމާ ގްުރޭޝީ އަދި ރުކްމިނީ ވަސަންތު ވެސް ފެނިގެންދާނެއެވެ. މި ފިލްމުގެ ފުރަތަމަ ޓީޒާ އާއެކު ބައެއް މަންޒަރުތައް ބޭއަދަބީ ކަމަށް ބުނެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، "ޓޮކްސިކް" އަކީ މިހާރު އިންޑިއާގައި އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމެވެ. ތާރާ ބުނި ގޮތުގައި މި އިންތިޒާރަކީ ބޭކާރު އިންތިޒާރަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު