ބޮލީވުޑްގެ އެންމެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ގޯލްމާލް 5" ގައި އެކްޓަރު އަކްޝޭ ކުމާރު ބައިވެރިވާތީ ފޭނުންގެ މެދުގައި ބޮޑު އިންތިޒާރުތަކެއް އުފެދިފައި ވަނިކޮށް، އޭނާއަށް ދޭ އުޖޫރައާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދޮގުކޮށްފިއެވެ.
އައި.އޭ.އެން.އެސް އިން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ 18 އާއި 22 ދުވަހުގެ ކުރު ޝެޑިއުލެއްގައި މަސައްކަތް ކުރުމަށް އަކްޝޭ ކުމާރަށް 35 އާއި 40 ކްރޯޑް ރުޕީސްއާ ދެމެދުގެ އަދަދެއް ދޭން ވަނީ ނިންމާފައެވެ. މި ރިޕޯޓްތައް ބުނާގޮތުން މިއީ ފިލްމުގެ މައި ބަތަލު އަޖޭ ދޭވްގަންއަށް ލިބޭ އުޖޫރައަށްވުރެ ބޮޑު އަދަދެކެވެ. ސަބަބަކީ އަޖޭއަކީ ފިލްމުގެ ޕްރޮޑިއުސަރަކަށް ވުމުން، އޭނާ ނަގަނީ ފިލްމަށް ލިބޭ ފައިދާގެ ބައެއް ކަމަށްވާތީއެވެ.
ނަމަވެސް، މި ޚަބަރުތައް ފެތުރުމާއެކު ރޯހިތު ޝެޓީ ޕިކްޗާސް އިން ވަނީ ރަސްމީ ބަޔާނެއް ނެރެ އެކަން ދޮގުކޮށްފައެވެ. އެ ޓީމުން ބުނި ގޮތުގައި އަކްޝޭގެ އުޖޫރައާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު އަދި ހަމައެކަނި މީހުން އަމިއްލައަށް އުފައްދައިގެން ދައްކާ ވާހަކަތަކެކެވެ. އަދި ފިލްމުގެ މާލީ މުއާމަލާތްތަކަކީ ސިއްރު ހިފެހެއްޓިފައިވާ ކަންކަން ކަމަށާއި، މިފަދަ އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަކޮށްފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަކްޝޭ ކުމާރު "ގޯލްމާލް 5" ގައި ހިމެނޭކަން ފުރަތަމަ އިއުލާން ކުރީ މިދިޔަ މާރޗް މަހު ޑައިރެކްޓަރު ރޯހިތު ޝެޓީގެ އުފަންދުވަހުއެވެ. މި ފްރެންޗައިޒްއާ ގުޅުމާ ބެހޭގޮތުން އަކްޝޭ މީގެ ކުރިން ބުނެފައިވަނީ، "ގޯލްމާލް" ގެ ބައެއްގެ ގޮތުގައި އޭނާ ހިމެނުމުން އުފާވާ ކަމަށެވެ. އަދި ފިލްމުގެ މައި ބަތަލަކީ އަޖޭ ކަމަށާއި، އޭނާގެ ރޯލާ މެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށްވެސް އަކްޝޭ ބުންޏެވެ.
"ގޯލްމާލް 5" އިން އަޖޭ ދޭވްގަން (ގޯޕާލް) ގެ އިތުރުން ކުރީގެ ފިލްމުތަކުން ފެނުނު އަރުޝަދު ވަރްސީ، ތުޝާރް ކަޕޫރް، ޝްރެޔަސް ތަލްޕަޅޭ އަދި ކުނާލް ކޭމޫ ފެނިގެން ދާނެއެވެ. މީގެ އިތުރުން ފުރަތަމަ ފިލްމުން ފެނުނު ޝަރްމަން ޖޯޝީވެސް މި ފަހަރުގެ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދާދި ފަހުން އަރުޝަދު އާއި ޝަރްމަން ވަނީ މީގެ ވިއްސަކަށް އަހަރު ކުރިން ފެނުނު މަޝްހޫރު ކާރު ސީންއެއް އަލުން ކުޅެ، ފޭނުންނަށް މާޒީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު