ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މިއަދު ކަނޑާލައިފިއެވެ.
މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ މި ނިންމުމާ އެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓުކުރާ މަހުން އެއްވެސް ޓެރިފެއް ދައްކާކަށް ނުޖެހޭނެއެވެ.
އިނގިރޭސިވިލާތުގެ ފަރާތުން މިކަން ހާމަކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ އެވެ. އޭނާ ވިދާޅުވީ، މި ނިންމުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ވިދާޅުވީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން ފާހަގަކުރައްވައި، ރައީސް ވަނީ އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސް އާއި ސަރުކާރުގެ އިސް ބޭފުޅުންގެ އަރިހުން އެދިލެއްވި އެންމެ މުހިންމު އެއް ކަންތަކެވެ. މި މަޝްވަރާތައް ކުރިއަށްދާތާ އަހަރުތަކެއް ވެފައިވާއިރު، މީގެ ކުރިން 20 އިންސައްތައިގެ ޑިއުޓީ ނެގުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވިއްކުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިހާތަނަށް އިނގިރޭސިވިލާތަށް މުދަލުން ޓެރިފް ނަގަމުން އައީ ހަމައެކަނި ރާއްޖެއިންނެވެ. މި ޓެރިފް އުވާލުމާ އެކު، ރާއްޖޭގެ މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް ވާދަވެރި މާކެޓެއްގައި ފުރުސަތު ހުޅުވި، އޭގެ ސީދާ މަންފާ ދިވެހި މަސްވެރިންނަށް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

I warmly welcome the United Kingdom’s decision to suspend tariffs on tuna imports effective 20th May 2026.
— Dr Mohamed Muizzu (@MMuizzu) May 20, 2026
This important development will support British consumers while delivering meaningful benefits to the Maldives’ fisheries sector, strengthening fishermen’s incomes,… https://t.co/WFLQy5PWrH
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސް އާއި ސަރުކާރުގެ އިސް ބޭފުޅުންގެ އަރިހުން އެދިލެއްވި އެންމެ މުހިންމު އެއް ކަންތަކެވެ. މި މަޝްވަރާތައް ކުރިއަށްދާތާ އަހަރުތަކެއް ވެފައިވާއިރު، މީގެ ކުރިން 20 އިންސައްތައިގެ ޑިއުޓީ ނެގުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަސް ވިއްކުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓް ކުރެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާކުރަނީ އިނގިރޭސި މާކެޓެވެ.
ކޮމަންވެލްތުގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިހާތަނަށް އިނގިރޭސިވިލާތަށް މުދަލުން ޓެރިފް ނަގަމުން އައީ ހަމައެކަނި ރާއްޖެއިންނެވެ. މި ޓެރިފް އުވާލުމާ އެކު، ރާއްޖޭގެ މަސް އެކްސްޕޯޓުކުރާ ކުންފުނިތަކަށް ވާދަވެރި މާކެޓެއްގައި ފުރުސަތު ހުޅުވި، އޭގެ ސީދާ މަންފާ ދިވެހި މަސްވެރިންނަށް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު