މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް، އިބްރާހީމް މުހައްމަދު ދީދީއަށް ލިބެންޖެހޭ ރިޓަޔާމަންޓްގެ ހުރިހާ އިނާޔަތްތަކެއް ބަންދު ނޫން 14 ދުވަހުގެ ތެރޭގައި ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަގާމުން ރިޓަޔާ ކުރެއްވި އިބްރާހީމް މުހައްމަދު ދީދީއަށް، ރިޓަޔާމަންޓް ބެނިފިޓްގެ ގޮތުގައި އެއް ފަހަރާ ދޭންޖެހޭ ފައިސާއާއި، މަހުން މަހަށް ދޭންޖެހޭ އިނާޔަތްތަކުގެ އިތުރުން މެޑިކަލް އިންޝުއަރެންސްގެ ހިދުމަތްވެސް މިހާތަނަށް ދައުލަތުން ފޯރުކޮށްދީފައެއް ނުވެއެވެ. މި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފައެވެ.
މި މައްސަލައިގެ ދިފާއުގައި ކަރެކްޝަނަލް ސާވިސްއިން ކޯޓުގައި ބުނެފައިވަނީ، އެ ފައިސާ ހަމަޖައްސައިދިނުމަށް އެދި ފިނޭންސް މިނިސްޓްރީގައި ދެ ފަހަރެއްގެ މަތިން އެދިފައިވާނެ ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށާއި، ފައިސާ ދޫކުރުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާތީ، މި މައްސަލައިގައި ކަރެކްޝަންސް ޒިންމާދާރު ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ކަރެކްޝަންސްއިން މި މައްސަލައިގެ ތެރެއަށް ފިނޭންސް މިނިސްޓްރީ ތަދައްހުލް ކުރުވަން އެދިފައިނުވާތީ، އިނާޔަތްތައް ދިނުމުގެ ޒިންމާ ކަރެކްޝަންސްއިން އުފުލަންޖެހޭނެ ކަމަށެވެ. އެހެންކަމުން، އޭނާއަށް ލިބެންޖެހޭ ހުރިހާ މާލީ އިނާޔަތްތަކެއް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހަމަޖައްސައިދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހީމް މުހައްމަދު ދީދީއަކީ 2006 ވަނަ އަހަރުން ފެށިގެން ޕްރިޒަންސް ސާވިސްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެއްވީ 2 ޖަނަވަރީ 2019 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު