ޔޫއެފްއޯ ނުވަތަ އޮޅުންނުފިލާ އުދުހޭ ތަކެތި
ޔޫއެފްއޯ ނުވަތަ އޮޅުންނުފިލާ އުދުހޭ ތަކެތި
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ސިއްރު ހިފަހައްޓާފައިވާ ޔޫއެފްއޯ ނުވަތަ އޮޅުންނުފިލާ އުދުހޭ ތަކެއްޗާ ބެހޭ ލިޔެކިޔުންތައް ހާމަކުރަން ފެށުމާއެކު، ދުނިޔެއިން ބޭރުގައި "އޭލިއަން" އުޅޭތޯ ކުރެވޭ ބަހުސް އަނެއްކާވެސް ވަނީ ބޮޑުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން "ޕާސޫ" އިސްނެގުމުގެ ދަށުން މި ފައިލްތައް އާންމުކުރަން ފެށީ ސަރުކާރުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމުގެ މަގްސަދުގައެވެ.

މިގޮތުން ދާދިފަހުން ޕެންޓަގަނުން ވަނީ އެތައް ސަތޭކަ ސިއްރު ރިޕޯޓުތަކާއި، ވީޑިއޯތަކާއި އަދި ފޮޓޯތައް ހިމެނޭ ދެ ބެޗެއްގެ ލިޔެކިޔުންތައް ހާއްސަ ވެބްސައިޓެއް މެދުވެރިކޮށް އާންމުންނަށް ފެންނާނެހެން ދޫކޮށްލާފައެވެ.

މި ލިޔެކިޔުންތަކުގައި ކާއިނާތުގެ އެހެން ދިމާލަކުން އައިސްފައިވާ ދިރުމެއް ނުވަތަ އޭލިއަން ޓެކްނޮލޮޖީއެއް ވޫދޫދުގައިވާ ކަމުގެ ސީދާ އަދި ކަށަވަރު ހެއްކެއް ނެތް ނަމަވެސް، ސައިންސްވެރިންނާއި އަސްކަރީ މާހިރުންނަށް ވެސް މާނަކޮށްދޭން ނޭނގޭ ފަދަ ގޮތްގޮތަށް ދަތުރުކުރާ އުދުހޭ ތަކެތީގެ ގިނަ ހާދިސާތަކެއް މީގެއިން ފާހަގަވެއެވެ.

އޭލިއަނުން ހަގީގަތުގައި ވެސް އުޅޭތޯ ކުރެވޭ ސުވާލަށް ބަލާއިރު، މިހާތަނަށް އިންސާނުންނަށް ކާއިނާތުގެ އެހެން ދިމާލަކުން ދިރުމެއް އުޅޭކަމުގެ ސައިންޓިފިކް ސާބިތު ހެއްކެއް ފެނިފައެއް ނުވެއެވެ.

ނަމަވެސް، ކާއިނާތުގެ ބޮޑުމިނަށް ބަލާއިރު ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ބިމުން ބޭރުގައި ކޮންމެވެސް ކަހަލަ ދިރުމެއް (އެއީ ކުދި ބެކްޓީރިއާ ފަދަ އެއްޗެއް ކަމުގައި ވިޔަސް) ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޕެންޓަގަނުން ބުނެފައިވަނީ މި ފައިލްތައް ބަލައި، އޭލިއަނުން އުޅޭތޯ ނުވަތަ ނޫންތޯ އަމިއްލައަށް ނިންމުމުގެ ފުރުސަތު މިހާރު އާންމުންނަށް ލިބިގެންވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު