ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއަކީ އިސްލާމީ ތައުލީމާ ބީރައްޓެހި ތަނަކަށް ހެދުމަށް ހީލަތްތެރި ރޭވުމެއް ރާވަމުންދާ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް މިރޭ ތުހުމަތުކުރައްވައިފިއެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ޔުނިވަސިޓީއަކީ އިސްލާމީ ތައުލީމާ ބީރައްޓެހި ތަނަކަށް ހެދުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ހީލަތްތެރި ރޭވުމެއް ރާވަމުންދާ ކަމަށެވެ. އެމަސައްކަތް ކުރަމުންދަނީ ގައުމީ ޔުނިވަސިޓީގެ ކައުންސިލުގެ ބޭފުޅުން އިސްވެ ތިއްބަވައިގެން ކަމަށް ޑރ. ޢިޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
"މިކަން ހުއްޓުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ނާއިބް ރައީސް ފައިސަލް ނަސީމްގެ އަރިހުން ވަަރަށް އިހުތިރާމާއެކު އެދެން." މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ.އިޔާޒް ވިދާޅުވިއެވެ.
ޑރ.މުހަންމަދު އިޔާޒް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ލޯ ގެ އިސްލާމިކް ސްޓަޑީސްގެ ނަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަށް ބަދަލުކޮށް އިސްލާމިކް ފެކަލްޓީގެ ބައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވިސް އަށް ބަދަލުކުރުމަށް ގައުމީ ޔުނިވަސިޓީގެ ކައުންސިލުން ވަނީ ނިއްމާފައެވެ. މިނިންމުމާއި ގުޅިގެން އެމްއެންޔޫގެ ލެކްޗަރާއިންގެ ގުރޫޕްގައި ވަަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ޑރ.އިޔާޒްގެ މި ތުހުމަތާއި ގުޅިގެން ގައުމީ ޔުނިވަސިޓީ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

Gaumy University @MNUedu aky Islami thauleemaai beerattehi thaneh kamugai hedhumah ethanuge Council aai @MoHEmv aai gulhigen heelaiytheri masakkaiy thakeh eba kuravvaa. Mikan huttuvaany dhevvumah HEP @ibusolih aai HEVP @FaisalNasym ge arihun v ihthiraam aai eku edhen.
— Dr Mohamed Iyaz (@dr_iyaz) October 17, 2020
ޑރ.މުހަންމަދު އިޔާޒް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ލޯ ގެ އިސްލާމިކް ސްޓަޑީސްގެ ނަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަށް ބަދަލުކޮށް އިސްލާމިކް ފެކަލްޓީގެ ބައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވިސް އަށް ބަދަލުކުރުމަށް ގައުމީ ޔުނިވަސިޓީގެ ކައުންސިލުން ވަނީ ނިއްމާފައެވެ. މިނިންމުމާއި ގުޅިގެން އެމްއެންޔޫގެ ލެކްޗަރާއިންގެ ގުރޫޕްގައި ވަަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ޑރ.އިޔާޒްގެ މި ތުހުމަތާއި ގުޅިގެން ގައުމީ ޔުނިވަސިޓީ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު