މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން ފެށިގެން ކުރިއަށްދާއިރު، ސައުދީ އަރަބިއްޔާގެ މައްކާ އަދި މާތްވެގެންވާ ބިންތަކުގެ ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސް، 47 ޑިގްރީ ސެލްސިއަސްއަށް އުފުލިއްޖެއެވެ.
މި ހިނގާ މޭ މަހުގެ 24 އިން 29 އަށް ކުރިއަށްދާ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މިލިއަނަކަށްވުރެ ގިނަ ހައްޖާޖީން ގަދަ ހޫނުން ސަލާމަތްވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދެމުންދާއިރު، ގިނަ ބަޔަކު ދަނީ ކުޑައިގެ ހިޔާވަހިކަން ހޯދައި، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނަގިނައިން ފެން ބޮމުންނެވެ.
ސައުދީގެ މޫސުމާ ބެހޭ ގައުމީ މަރުކަޒުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުގަދަވެ، ވައިގަދަވުމުގެ ސަބަބުން ހިރަފުހުގެ އަސަރު ކުރާނެތީ ހައްޖާޖީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ފާއިތުވި 2024 ވަނަ އަހަރުގެ ހައްޖު ދުވަސްވަރު ކުރިމަތިވި ހަރުކަށި ހޫނުގެ ސަބަބުން 1،300 އަށްވުރެ ގިނަ ހައްޖާޖީން ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ސައުދީ ސަރުކާރުން ވަނީ މިއަހަރަށް ވަރަށް ވަރުގަދައަށް ތައްޔާރުވެފައެވެ.
އެގޮތުން، މާތްވެގެންވާ ދެ ހަރަމްފުޅާއި މަޝާއިރުގެ ބިންތަކުގައި ހައްޖާޖީންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ސަރަހައްދުތައް 2024 ވަނަ އަހަރާ އަޅާބަލާއިރު ފަސްގުނައަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ހިނގާފައި އުޅޭ މަގުތަކުގައި ފިނިކުރާ ނިޒާމުތަކާއި، ފެންބުރުވާ ފަންކާތައް ހަރުކޮށް، ފެން ބަހާނެ ގިނަ މަރުކަޒުތަކެއް ވަނީ ގާއިމުކޮށްފައެވެ.
ހައްޖާޖީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސައުދީގެ ސިއްހީ އިދާރާތަކުންނާއި، އެކި ގައުމުތަކުގެ ހައްޖު މިޝަންތަކުން ދަނީ ދުވާލުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުން މަދުކުރުމަށާއި، އަވިން ސަލާމަތްވުމަށް އަބަދުވެސް ކުޑަ ބޭނުންކުރުމަށް އިރުޝާދު ދެމުންނެވެ.
އަދި ހޫނުގެ ސަބަބުން ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކާތަކަށް ފަރުވާދިނުމަށްޓަކައި މައްކާ، މިނާ، އަރަފާތް އަދި މުޒްދަލިފާގައި މެޑިކަލް ޓީމުތަކުން ސައުވީސް ގަޑިއިރު ހިދުމަތް ދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު