ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާންގެ މައްޗަށް ތުހުމަތުކުރެވުނު 'ބްލެކް ބަކް' ނުވަތަ ކަޅު ފުއްލަ ޝިކާރުކުރުމުގެ މައްސަލައަށް ބިނާކޮށް އުފައްދާ ފިލްމު "ކާލާ ހިރަން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ކޯޓުގައި ކަންހިނގާ ގޮތާއި، ކުށްކުރުމުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި، ސަލްމާން ޚާނާއި ނުރައްކާތެރި ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީއާ ދެމެދު އޮތް ބޮޑު ދެބަސްވުންތައް ސިނަމެޓިކް ގޮތަކަށް ގެނެސްދޭނެއެވެ. އުއްތަރު ޕްރަދޭޝްގެ ސަމްބަލް އަދި މޮރާދާބާދު ފަދަ ސިޓީތަކުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމާ ގުޅޭގޮތުން ޕްރޮޑިއުސަރު އަމިތު ޖާނީ ބުނީ، މިއީ 1998 ވަނަ އަހަރު ޖޯދްޕޫރުގެ ކަކާނީ އަވަށުގައި ހިނގި ހާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއް ކަމަށެވެ.
އަމިތު ޖާނީ އިތުރަށް ހާމަކުރި ގޮތުގައި، އެ ދުވަސްވަރު ފިލްމެއްގެ ޝޫޓިންއަށް ޖޯދްޕޫރަށް ގޮސް ތިބި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ސައިފް އަލީ ޚާން، ތާބޫ، ސޮނާލީ ބެންޑްރޭ އަދި ސަތީޝް ޝާހު ފަދަ ތަރިންވެސް މި ފިލްމުގެ ވާހަކައިގެ ތެރެއިން ފެނިގެންދާނެއެވެ. ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ 'ބްލެކް ބަކް' ޝިކާރަކުރުމުގެ ހާދިސާއާއި، އޭގެ ސަބަބުން ސަލްމާން ޚާން ހައްޔަރުކޮށް އޭނާއަށް ލިބުނު އަދަބުތަކެވެ.
ލޯރެންސް ބިޝްނޯއީ ސަލްމާން ޚާނަށް އިންޒާރުދީ ފަހާދުވަނީ، ބިޝްނޯއީ ދަރިކޮޅުގެ މީހުން މުގައްދަސް އެއްޗެއްގެ ގޮތުގައި ބަލާ ކަޅު ފުއްލަ ޝިކާރުކުރުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. މި ދެބަސްވުމުގެ ނުރައްކާ ސަލްމާންގެ ގާތް މީހުންނަށްވެސް ވަނީ ފޯރާފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސަލްމާންގެ ގާތް އެކުވެރިއެއް ކަމަށްވާ ސިޔާސީ ޝަޚުސިއްޔަތު ބާބާ ސިއްދީގީ މުމްބާއީގައި ބަޑިން ހަމަލާދީ މަރާލުމުގެ ޒިންމާވެސް އުފުލާފައިވަނީ ބިޝްނޯއީގެ ގޭންގުންނެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމުގެ ފުރަތަމަ ޓީޒާ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު