ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ ފޯރި ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި ގަދަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކޮށް، ޕީއެންސީގެ ޕީޖީ ގުރޫޕްގެ ތެރޭގައި މިހާރު އެންމެ ބޮޑަށް ލޮބީ ކުރަށްވަމުން ގެންދަވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
މި މަގާމަށް ކުރިން ޝައުގުވެރިކަން ހުރި ކަމަށް ބެލެވުނު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) މިހާރު ވަނީ އެ ޝައުގުވެރިކަން ދޫކޮށްލަށްވާފައެވެ. މީގެ އިތުރުން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް މި މަގާމަށް ޝައުގުވެރިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ފަލާހު ވަނީ އެފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ދޮގުކުރަށްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕީއެންސީގެ ޕީޖީ ގުރޫޕްގެ ތެރޭގައި މަގާމުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް ދިޔަ ނަމަވެސް، މިކަމުގައި އަމަލު ކުރާނެ ވަކިގޮތެއް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ވަކި އިރުޝާދެއް ދެއްވާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވާތާ ވީ އެންމެ އަވަސް މުއްދަތެއްގައި އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު