ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ) ގެ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ޑަބްލިއުއެޗުއޯއިން ރާއްޖެއަށް ރިކޮމެންޑް ކޮށްފައިވަނީ 2026 ވަނަ އަހަރަށް ސިނގިރޭޓުގެ ސްޕެސިފިކް ރޭޓް ހަތަރު ރުފިޔާގައި ބެހެއްޓުމަށް ކަމަށެވެ. "މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް ހަތަރު ރުފިޔާގެ ގޮތުގައި." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި ރޭޓަކީ ސަރުކާރުން މިހާރުވެސް ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް ކަމަށެވެ. ނަމަވެސް މި ބަދަލު ގެނައުމުގެ ކުރިން ހުރިހާ ސްޓޭކްހޯލްޑަރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާނެ ކަމަށާއި، އެ މަޝްވަރާތަކުން ނިކުންނަ ނަތީޖާއަށް ބިނާކޮށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުންފަތުގެ ޑިއުޓީއަށް އެންމެ ފަހުން ބޮޑު ބަދަލެއް ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭރު ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރީ، ރާއްޖޭގައި ވޭޕް މަނާކުރުމާ ގުޅިގެން ވޭޕް ބޭނުންކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބަދަލުވެދާނެކަމަށް ކުރެވުނު ދިރާސާތަކަށް ބިނާކޮށެވެ.
ހަމައެއާއެކު މިނިސްޓަރު އިހުސާން ވިދާޅުވީ، ސިނގިރޭޓް ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ނަމަވެސް، އެއީ އޭރުގެ ހާލަތަށް ބަލައި ކޮންމެހެން ކުރަންޖެހުނު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތަކީ ދިރާސާތަކުގެ އަލީގައި އަބަދުވެސް މުރާޖައާ ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު