މާލެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
"ޓުއަ ގާޑް" ނަމަކަށް ކިޔާ މި ލޯންޗު އެކްސިޑެންޓްވުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި ދެ ފަޅުވެރިންނަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ނަމަވެސް، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް، ހާދިސާ ހިނގި ސީދާ ސަރަހައްދެއް، އަދި އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް މިހާތަނަށް ސާފެއް ނުވެއެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެކްސިޑެންޓްވި ލޯންޗުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު