ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، ވިލިމާލެ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 7 އޮކްޓޫބަރު 2026 ވީ ބުދަ ދުވަހުގެ ހަވީރު 16:50 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއަކަށް ކަމަށެވެ. މި ހާދިސާގައި ދެ މީހަކަށް އަނިޔާވި ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށް ދީފައެވެ.
މީގެއިތުރުން، މި އެކްސިޑެންޓްގެ ސަބަބުން ހާދިސާގައި ހިމެނޭ ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހަމައެއާއެކު މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޙާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު