މަސައްކަތްކުރާ އަންހެނުންނަށް އެހީތެރިވުމުގެ ގޮތުން މަސައްކަތުގެ މާހައުލުގައި ކުޑަކުދިންނަށް ޚާއްސަ އިންތިޒާމުތަކެއް ހުންނަންޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނައުތު ބުނެފިއެވެ.
ކަންގަނާ މިހެން ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބާރަތު ބާގްޔާ ވިދާތާ" ގެ ޕްރޮމޯޝަންގެ ތެރެއިން ދެއްކި ވާހަކައެއްގައެވެ. މި ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ "ޕެން ސްޓޫޑިއޯސް" އިން އާންމުކުރި ވީޑިއޯއެއްގައި، ފިލްމުގެ ކޯ-ސްޓާރުން ކަމަށްވާ ސްމިތާ ތަމްބޭ އާއި ގިރިޖާ އޯކްއާއެކު ވާހަކަދައްކަމުން ކަންގަނާ ވަނީ މަސައްކަތްކުރާ މަންމައިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ކަންގަނާ ފާހަގަކުރި ގޮތުގައި، މި ފިލްމުގެ ޝޫޓިންގް ކުރިއަށް ދިޔައިރު ސްމިތާގެ ދަރިންނާއި، އަކްޝަތުގެ ދަރިފުޅު ސެޓަށް އައިސް އުޅުނެވެ. އެކުދިން ސެޓުގައި ކުޅެން އުޅުނު މަންޒަރު ފެނުމުން، މަސައްކަތުގެ މާހައުލުތައް އަދިވެސް ހުރީ މަސައްކަތްކުރާ މަންމައިންނަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކުރެވިފައި ނޫންކަން އޭނާއަށް އިހުސާސްވިއެވެ.
"މަސައްކަތްކުރާ ތަންތަނުގައި ނަމާދުކުރާ ކޮޓަރިތަކާއި އެހެނިހެން ވަސީލަތްތައް ހުރުމާ ބެހޭގޮތުން އަހަރެމެން ވަރަށް ގިނައިން ވާހަކަ ދައްކަން. އެކަމަކު ކުޑަކުދިންނަށް ޚާއްސަ ކޮޓަރިއެއް ނުހުންނަނީ ކީއްވެ؟" ކަންގަނާ ސުވާލު އުފެއްދިއެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، އަންހެނުން ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާއިރު އާއިލީ ޒިންމާތަކާއި ވަޒީފާގެ ޒިންމާ އެއްހަމައެއްގައި ހިފެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލުގައި ކުޑަކުދިން ބޭތިއްބޭނެ ފަދަ އިންތިޒާމުތައް ހުރުމަކީ އަންހެނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަމަށް އޭނާ ފާހަގަކުރިއެވެ.
ކަންގަނާގެ މި ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިއީ ވަޒީފާ އަދާކުރާ މަންމައިންނަށް ދިމާވާ ވަރަށް މުހިންމު އިޖުތިމާއީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު