ބޮލީވުޑްގެ އުުންމީދީ އެކްޓަރު ވޭދަންގް ރައިނާ، އޭނާގެ ކުރިއަށް އޮތް ފިލްމު "މޭ ވާޕަސް އާއުންގާ" ގެ މަސައްކަތްތަކާ އެކު ފިލްމީ ދާއިރާގެ މިހާރުގެ މިސްރާބާ މެދު އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ.
ހިންދީ ސިނަމާގައި ފަހަކަށް އައިސް އާންމުވަމުންދާ "ހައިޕަރމަސްކިއުލިނިޓީ" ނުވަތަ އަލްފާ-ހީރޯ ކެރެކްޓާތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ވޭދަންގް ބުނީ، އެއީ ފިލްމީ ވަކި ގިންތިއެއް ނުވަތަ "ޖޯންރާ" އެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވޭދަންގް ބުނިގޮތުގައި، ވަކި ބާވަތެއްގެ ފިލްމުތަކެއް ބޮކްސް އޮފީހުގައި ކާމިޔާބުވުމުން، އެއީ ވަކި ޖޯންރާއެއް ކާމިޔާބުވަނީ ކަމަށް ގަބޫލުކުރެވުމަކީ ކުށްހީއެކެވެ. އޭނާ ދެކޭގޮތުގައި ކޮންމެ ފިލްމެއްވެސް ކާމިޔާބުވަނީ އޭގައި ހިމެނޭ ކޮންޓެންޓް ނުވަތަ ވާހަކައިގެ ފެންވަރު ރަނގަޅުވުމުންނެވެ.
މިސާލެއްގެ ގޮތުން ރަންވީރު ސިންގްގެ "ދުރަންދަރު" އަށް އިޝާރާތް ކުރަމުން ވޭދަންގް ބުނީ، އެއީ އޭގެ ޒާތުގައި ވަރަށް ތަފާތު ފިލްމެއް ކަމަށާއި، އެ ފިލްމު ހިނގީ ހަމައެކަނި އޭގެ މޮޅު ކޮންޓެންޓުގެ ސަބަބުން ކަމަށެވެ. "މީހުން ހީކުރަނީ އެއީ ޖޯންރާގެ ސަބަބުން ހިނގާ އެއްޗެއް ކަމަށް. އެކަމަކު ހަގީގަތަކީ ހައިޕަރމަސްކިއުލިނިޓީ އަކީ ޖޯންރާއެއް ނޫން. ފިލްމެއް ކާމިޔާބުވަނީ އޭގައި ހިމެނޭ މޮޅު ކޮންޓެންޓުގެ ސަބަބުން،" ވޭދަންގް ތަފްސީލުކޮށްދިނެވެ.
މީގެ އިތުރުން ވިކްރަންތު މަސީގެ "12ތު ފެއިލް" ގެ މިސާލު ދައްކަމުން އޭނާ ބުނީ، ބޮޑެތި އެކްޝަން ފިލްމުތަކެއްގެ ތެރެއިން އެފަދަ ފިލްމެއް ކާމިޔާބުވުމުން އެނގެނީ ބެލުންތެރިން ބޭނުންވަނީ ފެންވަރު ރަނގަޅު އުފެއްދުންތައް ކަމަށެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމަކީ ވަރަށް ތާހިރު، އިހުލާސްތެރި މަސައްކަތެއް ކަމަށާއި، ހިތުން އުފައްދާ ކޮންމެ އެއްޗެއް ބެލުންތެރިން ބަލައިގަންނާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
އިމްތިޔާޒް އަލީގެ ލޯތްބާއި ހަނދާންތަކުން ފުރިގެންވާ ދުނިޔެއެއްގެ މައްޗަށް ބިނާކޮށް އުފައްދާ "މޭ ވާޕަސް އާއޫންގާ" ގައި ވޭދަންގް ރައިނާގެ އިތުރުން ދިލްޖީތު ދޯސަންޖް، ނަސީރުއްދީން ޝާހް އަދި ޝަރްވާރީ ވަގް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އެޕްލޯސް އެންޓަޓައިންމަންޓާއި ވިންޑޯ ސީޓް ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ މިމަހު 12 ގައެވެ.

ކިޔުންތެރިންގެ ހިޔާލު