ބަޙްރެއިން އަދި ކުވޭތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް އަރައިގަނެ، މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ. އަދި މިފަ
ދަ ކަންކަމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންތައްތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.
ދިވެހި ސަރުކާރުން ވަނީ ބަޙްރެއިން އަދި ކުވޭތުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ ދެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައަށް ސިޔާސީ އަދި ޚާރިޖީ ހައްލެއް ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ވަރުގަދަކުރުމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބާރުއަޅުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު