ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުން-
ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުން-
މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާނުކުރި މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން، އިސްލާމީ ތަފާތު ދާއިރާތަކުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ކިޔެވުމަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު އޮތްކަން އެ އިދާރާއިން ހާމަކޮށްފިއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް ހުޅުވާލި ފުރުޞަތެކެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 17 މޭ 2026 ގައެވެ.

ޒަކާތު ހައުސްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރޮގްރާމުގެ

ދަށުން ކިޔެވުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މާސްޓާސް (ލެވެލް 9) އަދި ޑޮކްޓަރަލް (ލެވެލް 10) ފެންވަރަށެވެ. މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާތަކާއި ފޮތްތައް ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕާއި މެނޭޖްމަންޓް ހިމެނެއެވެ.

ނަމަވެސް، މިއީ ހަމައެކަނި މި ދާއިރާތަކަށް ޚާއްޞަ ފުރުޞަތުތަކެއް ނޫނެވެ. ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ޕްރޮޕޯޒަލް ހުށަހެޅުމުގެ އިޚުތިޔާރު ވަނީ ދީފައެވެ. މިގޮތަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ތައްޔާރުކުރަންޖެހޭ ނަމޫނާ (ޓެމްޕްލޭޓް) އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މި ފަހަރުގެ ސްކީމުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް ޚާއްޞަ 10 ސްކޮލަރޝިޕާއި، ރާއްޖޭން ބޭރުގައި ކިޔެވުމަށް ޚާއްޞަ 20 ސްކޮލަރޝިޕެވެ.

މީގެ އިތުރުން ބައެއް ޚާއްޞަ ފުރުޞަތުތަކެއްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޭ 5 ސްޓައިޕެންޑް ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.

މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީމެއިލް އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 16 ޖުލައި 2026 ވާ ދުވަހުގެ މެންދުރުފަހު 14:00 އެވެ.



ކިޔުންތެރިންގެ ހިޔާލު