އަބޫބަކުރުއްޞިއްދީޤު (ރ.ޢ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ޞ.ޢ.ވ) ސުވަރުގެވަޑައިގަތުމަށްފަހު އިސްލާމީ އުންމަތުގެ ފުރަތަމަ ޚަލީފާއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ ޢަބްދުﷲ ބިން އަބީ ޤުޙާފާ ޢުޘްމާން ބިން ޢާމިރު އަލްޤުރަޝީ އަލްތައިމީ އެވެ. އެކަލޭގެފާނުގެ ނަސަބުފުޅު ރަސޫލުﷲ (ޞ.ޢ.ވ) ގެ ނަސަބުފުޅާ ހަވަނަ ކާފަ މުއްރާ ބިން ކަޢުބާ ހިސާބުން ގުޅެއެވެ.
އަބޫބަކުރުގެފާނު އުފަންވެވަޑައިގަތީ މީލާދީން 573 ވަނަ އަހަރު މައްކާގައެވެ. އެއީ ރަސޫލުﷲ (ޞ.ޢ.ވ) އުފަންވެވަޑައިގަތްތާ ދެ އަހަރާއި މަސްތަކެއް ފަހެވެ. އެކަލޭގެފާނު ބޮޑުފުޅުވީ އަޚްލާޤު ރަނގަޅު މާތް މައިންބަފައިންގެ އަރިހުގައެވެ. އެކަލޭގެފާނުގެ ބައްޕާފުޅު ޢުޘްމާން އަބޫ ޤުޙާފާ އިސްލާމްވީ މައްކާ ފަތަޙަވި ދުވަހުއެވެ. މަންމާފުޅު ސަލްމާ ބިންތި ޞަޚަރު (އުއްމުލް ޚައިރު) އިސްލާމްދީން ޤަބޫލުކުރެއްވީ އިސްލާމްދީނުގެ ކުރީކޮޅުގައެވެ. އަދި މަދީނާއަށް ހިޖުރަވެސް ކުރެއްވިއެވެ.
އަބޫބަކުރުގެފާނަކީ ހިކިތޮޅި، ހަންގަނޑު ހުދު، ކޮނޑުފުޅު ހަނި، މޫނުފުޅު ހިކި، ލޯފުޅު ވަދެފައިވާ، ނިތްކުރިފުޅު އުފުލިފައިވާ ބޭކަލެކެވެ. މިއީ އެކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝަތުގެފާނު (ރ.ޢ) ސިފަކޮށްދެއްވާފައިވާ ގޮތެވެ.
އެ ޒަމާނުގެ އެހެން ޢަރަބި ކުދިންނެކޭ އެއްފަދައިން، އަބޫބަކުރުގެފާނުވެސް ޅަފަތުގެ ދުވަސްތައް ހޭދަކުރެއްވީ ބަދަވީންގެ ތެރޭގައެވެ. އެކަލޭގެފާނު ޖަމަލު ފުލަކާއި ބަކަރިތަކާއެކު ކުޅެ އުޅުއްވިއެވެ. ޖަމަލަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން، "އަބޫބަކުރު" (ޖަމަލު ފުލުގެ ބައްޕަ) ގެ ނަމުން މަޝްހޫރުވެވަޑައިގަތެވެ.
އުމުރުފުޅުން 18 އަހަރުގައި ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެން، އާއިލީ މަސައްކަތް ކަމުގައިވާ ފޭރާން ވިއްކުމުގެ ވިޔަފާރި ފެއްޓެވިއެވެ. އެކަލޭގެފާނު ވިޔަފާރި ފެއްޓެވީ ސާޅީސް ހާސް ދިރުހަމުގެ ރައުސްމާލަކުންނެވެ. ވިޔަފާރި ދަތުރުތަކުގައި ޔަމަނަށާއި، ސީރިޔާއަށާއި، މެދުއިރުމަތީގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވިއެވެ. އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި، ސިޔާސީ ހުޝިޔާރުކަމާއި، ހިތްހެޔޮކަމުގެ ސަބަބުން، ބައްޕާފުޅު ދުނިޔޭގައި ހުންނަވަނިކޮށްވެސް ޤަބީލާގެ ވެރިއެއްގެ ގޮތުގައި މީހުން އެކަލޭގެފާނު ބަލައިގަތެވެ.
އަބޫބަކުރުގެފާނަކީ އިސްލާމްދީނުގެ ކުރިންވެސް މާތް އަޚްލާޤެއްގެ ވެރި ބޭކަލެކެވެ. އަމިއްލަ ނަފްސަށް ރާބުއިންވަނީ ޙަރާމްކުރައްވާފައެވެ. އެކަލޭގެފާނު ބުދުތަކަށް ދުވަހަކުވެސް ސަޖިދައެއް ނުކުރައްވައެވެ. މައްކާގެ ޖާހިލިއްޔަ މުޖުތަމަޢުގައިވެސް އެކަލޭގެފާނަކީ އަޚްލާޤީ ގޮތުން އެންމެ އުސްމިނުގައި ހުންނެވި، އެންމެން އިޙްތިރާމްކުރާ ޝަޚްޞިއްޔަތެކެވެ.
އަބޫބަކުރުގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭކަލެވެ. ރަސޫލުﷲ (ޞ.ޢ.ވ) ދައުވަތު ދެއްވުމާއެކު، އެއްވެސް ޝައްކެއް ނެތި އެކަލޭގެފާނު ދީން ޤަބޫލުކުރެއްވިއެވެ. އެއީ މުޙައްމަދުގެފާނަކީ ތެދުވެރި، އަމާނާތްތެރި ބޭކަލެއްކަން އެކަލޭގެފާނަށް ކަށަވަރުވާތީއެވެ.
އަބޫބަކުރުގެފާނު އިސްލާމްވުމުން ރަސޫލުﷲ (ޞ.ޢ.ވ) ނުހަނު އުފާފުޅުވިއެވެ. އެކަލޭގެފާނުގެ ސަބަބުން ޢުޘްމާން ބިން ޢައްފާން، ޢަބްދުއްރަޙްމާން ބިން ޢައުފް ފަދަ މާތް ބޭކަލުން އިސްލާމްވެވަޑައިގަތެވެ. އިސްލާމްދީނަށް ފާޅުގައި ދައުވަތު ދެއްވަން ފެއްޓެވި ފުރަތަމަ ބޭކަލަކީވެސް އެކަލޭގެފާނެވެ. އެކަމުގެ ސަބަބުން މުޝްރިކުންގެ އަނިޔާ ލިބިވަޑައިގެން، ހޭފުޅުނެތޭވަރުވިއެވެ. ހޭފުޅު އެރުމާއެކު އެންމެ ފުރަތަމަވެސް އެއްސެވީ "ކަލޭގެފާނު (ރަސޫލާ) ގެ ޙާލުކޮޅު ކިހިނެއްތޯ؟" އެވެ.
"އައްޞިއްދީޤު" ގެ މާނައަކީ "ތެދުވެރިޔާ" ނުވަތަ "ތެދު ގަބޫލުކުރާ މީހާ" އެވެ. މި ލަޤަބު އެކަލޭގެފާނަށް ދެއްވީ ސީދާ ރަސޫލުﷲ (ޞ.ޢ.ވ) އެވެ. އެއީ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު އެންމެން ދޮގުކުރިއިރު، އެކަލޭގެފާނު އެކަން ތެދުކުރެއްވުމުންނެވެ.
މުޝްރިކުންގެ އަނިޔާވެރިކަން ބޮޑުވުމުން މަދީނާއަށް ހިޖުރަކުރަން އަމުރުކުރެވުނު ހިނދު، އަބޫބަކުރުގެފާނު މަޑުކުރެއްވީ ރަސޫލުﷲ (ޞ.ޢ.ވ) އާ އެކުގައެވެ. މައްކާގެ މުޝްރިކުން ރަސޫލާ އަވަހާރަކޮށްލަން ރޭވި ރޭ، އެކަލޭގެފާނާއެކު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ރޭ ހޭދަކުރެއްވިއެވެ. ޤުރުއާނުގައި މިކަން ސިފަކުރަށްވާފައިވަނީ "ދެމީހުންގެ ތެރެއިން ދެވަނަ މީހާ" ގެ ގޮތުގައެވެ.
ބަދުރު ހަނގުރާމައިގައި ރަސޫލުﷲ (ޞ.ޢ.ވ) ގެ ފޭލިގެކޮޅު ފާރަވެރިވުމުގެ ޒިންމާ އުފުއްލެވީ އަބޫބަކުރުގެފާނެވެ. އުޙުދު ހަނގުރާމައިގައި މުސްލިމުންނަށް ދަތިވި ވަގުތު، ރަސޫލުﷲ (ޞ.ޢ.ވ) ގެ އަރިހުގައި ސާބިތުކަމާއެކު ތިއްބެވި މަދު ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ.
ރަސޫލުﷲ (ޞ.ޢ.ވ) ޙަދީޘްކުރައްވާފައިވަނީ އަބޫބަކުރުގެފާނުގެ މުދަލުން ކުރި ފައިދާއެއް އެހެން އެއްވެސް މީހެއްގެ މުދަލުން ނުކުރާ ކަމަށެވެ. ތަބޫކު ހަނގުރާމައިގެ ވަގުތު، އެކަލޭގެފާނުގެ މުޅި މުދާ ހަދިޔާކުރެއްވިއެވެ. އަދި ބިލާލުގެފާނު ފަދަ އެތައް އަޅުންނެއް އަމިއްލަ ފައިސާއިން ގަނެ މިނިވަންކުރެއްވިއެވެ.
ރަސޫލުﷲ (ޞ.ޢ.ވ) ސުވަރުގެވަޑައިގަތުމުން މުސްލިމުންނަށް ލިބުނު ބޮޑު ސިހުމުގައި، އެންމެ ސާބިތުކަމާއެކު ހުންނެވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "މުޙައްމަދުގެފާނަށް ތަބާވި މީހާ ދަންނާށެވެ! އެކަލޭގެފާނު ސުވަރުގެވަޑައިގެންފިއެވެ. ﷲ އަށް އަޅުކަންކުރާ މީހާ ދަންނާށެވެ! އެކަލާނގެއީ ދިރިދެމިވޮޑިގެންވާ، ދުވަހަކުވެސް ނިމުމެއްނުވާ ކަލާނގެއެވެ."
ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު އެންމެންގެ އިއްތިފާޤުން ޚަލީފާއަކަށް އިސްކުރެވުނީ އަބޫބަކުރުގެފާނެވެ. ވެރިކަމުގެ ކުރީކޮޅު ދީނުން ބޭރުވި މީހުންނާއި (ރިއްދާގެ ހަނގުރާމަ)، ޒަކާތް ނުދޭން އުޅުނު މީހުންނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އިސްލާމީ ދައުލަތް ސަލާމަތް ކުރެއްވިއެވެ.
އަބޫބަކުރުގެފާނުގެ އެންމެ ބޮޑު އެއް ޚިދުމަތަކީ ކީރިތި ޤުރުއާން އެއް ފޮތެއްގެ ސިފައަށް ޖަމާކުރެއްވުމެވެ. ޢުމަރުގެފާނުގެ މަޝްވަރާގެ މަތިން، ޒައިދު ބިން ޘާބިތު މެދުވެރިކުރަށްވައި މި ބޮޑު މަސައްކަތް ކުރެއްވިއެވެ.
އަބޫބަކުރުގެފާނު އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ 22 ވީ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 63 އަހަރެވެ. އެކަލޭގެފާނުގެ ޚިލާފަތު ދެމިއޮތީ ދެ އަހަރާއި ތިން މަސް ދުވަހަށެވެ. ބަލިހާލު ބޮޑުވި ވަގުތުވެސް އެކަލޭގެފާނު ވިސްނެވީ އިސްލާމީ އުންމަތުގެ މުސްތަޤުބަލާ މެދުގައެވެ. އެގޮތުން އިސް ބޭކަލުންނާ މަޝްވަރާކުރެއްވުމަށްފަހު، ޖެހިގެން އަންނަ ޚަލީފާއަކަށް ޢުމަރު ބިން އަލްޚައްޠާބު (ރ.ޢ) އިސްކުރެއްވުމަށް ނިންމެވިއެވެ.
އަވަހާރަވުމުގެ ކުރިން، ޚަލީފާކަމުގެ ދުވަސްވަރު ދައުލަތުގެ ބައިތުލްމާލުން ނަންގަވާފައިވާ ހުރިހާ އެއްޗެއް އަނބުރާ ރައްދު ކުރެއްވިއެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވިއިރު އެއްވެސް ފައިސާއެއް ތަރިކައެއްގެ ގޮތުގައި ދޫނުކުރައްވައެވެ. އޮތީ ހަމައެކަނި ޚާދިމަކާއި، ޖަމަލަކާއި، ފޭރާމެކެވެ. އެ ފޭރަންވެސް އެކަލޭގެފާނަށްފަހު އަންނަ ޚަލީފާއަކަށް ރައްދުކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެތަކެތި ފެނިވަޑައިގަތުމުން ޢުމަރުގެފާނު ކީރިތިކުރައްވައި ވިދާޅުވިއެވެ: "އަބޫބަކުރުގެފާނު އެކަލޭގެފާނަށްފަހު އަންނަ ވެރިއަކަށް ކަންތައްތައް ނުހަނު އުނދަގޫ ކޮށްފިއެވެ."
އަބޫބަކުރުގެފާނު ވަޞިއްޔަތްކުރެއްވީ ރަސޫލުﷲ (ޞ.ޢ.ވ) ގެ އަރިހުގައި ފަސްދާނުލުމަށެވެ. އެގޮތުން މަދީނާގެ މަސްޖިދުއްނަބަވީގައިވާ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި، ރަސޫލާގެ މަޤުބަރާގެ އަރިހުގައި އެކަލޭގެފާނު ފަސްދާނުލެވުނެވެ. އެކަލޭގެފާނުގެ ކަށުނަމާދު އިމާމުވެ ކުރެއްވީ ޢުމަރުގެފާނެވެ.
އަބޫބަކުރުގެފާނު އަވަހާރަވި ޚަބަރު ލިބުމުން ޢަލީ ބިން އަބީ ޠާލިބު (ރ.ޢ) ދުވެވަޑައިގެން އެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި އަބޫބަކުރުގެފާނުގެ މާތްކަމާއި، ރަސޫލާގެ އަރިހުގައި އަދާކުރެއްވި ދައުރާ ބެހޭގޮތުން އަސަރުގަދަ ތަޤުރީރެއް ކުރެއްވިއެވެ. ޢަލީގެފާނު ވިދާޅުވި ބަސްފުޅުތަކުގެ ތެރޭގައި ހިމެނެއެވެ: "އޭ އަބޫބަކުރުގެފާނެވެ! ކަލޭގެފާނަކީ ރަސޫލުﷲ (ޞ.ޢ.ވ) ގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަލޭގެފާނަށް އޮތް ހިތްހަމަޖެހުމެވެ. އެކަލޭގެފާނު އެންމެ އިތުބާރުކުރެއްވި ބޭކަލެވެ. މީސްތަކުން ރަސޫލާ ދޮގުކުރި ހިނދު، ކަލޭގެފާނު އެކަލޭގެފާނު ތެދުކުރެއްވިއެވެ. ﷲ ގެ ފޮތުގައި ކަލޭގެފާނަށް ތެދުވެރިޔާ (ޞިއްދީޤު) ގެ ނަން ދެއްވިއެވެ."
އަބޫބަކުރުއްޞިއްދީޤު (ރ.ޢ) ގެ ޙަޔާތްޕުޅުން ފެންނަން އޮތީ އިސްލާމްދީނަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއެވެ. އިސްލާމްދީނުގެ ކުރީކޮޅު ރަސޫލާގެ އެންމެ ބޮޑު އެހީތެރިޔާގެ ގޮތުގައި ހުންނެވުމަށްފަހު، އެކަލޭގެފާނު އަވަހާރަވުމުން އުންމަތުގެ ބިންގާ ވަރުގަދަކޮށްދެއްވައި، ދީން ފެތުރުއްވުމުގައި ނަމޫނާ ދެއްކެވިއެވެ.
މާތްﷲ އަބޫބަކުރުގެފާނަށް ރުއްސުންލައްވައި، ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު