މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ.
ޒަކާތު ހައުސް އިން ބުނީ، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވަނީ ޖުމުލަ 2،384 މީހުން ކަމަށެވެ. އަދި އެމީހުންނަށް މިހާރު މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.
"އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާއެވެ." ޒަކާތު ހައުސްއިން މަޢުލޫމާތުދީފައިވެއެވެ.
ހަމައެއާއެކު ޒަކާތު ހައުސް އިން ބުނީ، މިއީ މިދިޔަ އަހަރު ބޮލަކަށް ޖެހުނު މިންވަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދު ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ބޮލަކަށް ޖެހިފައިވަނީ 5000 ރުފިޔާއެވެ.
މި އަހަރުގެ ޒަކާތް ބަލައިގަތުމުގައި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ހިފާފައެވެ.

RSA
CZE
ކިޔުންތެރިންގެ ހިޔާލު